މިއަދު ރައީސް އޮފީހުން ބުނެފައިވަނީ އެ މަރުކަޒު ބެލެހެއްޓުމާއި ހިންގުމުގެ ޒިންމާ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކެބިނެޓުގެ ލަފައާ އެއްގޮތަށް ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ޒަމާނުއްސުރެ ހިންގަމުން އައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފި އެވެ.
ކ.ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒު މި ސަރުކާރުގައި ފުރަތަމަ ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުގެ ދަށުންނެވެ. އެ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ ބަޔަކު ތިބެ އެވެ.
މިއަދު ރައީސް އޮފީހުން ބުނެފައިވަނީ އެ މަރުކަޒު ބެލެހެއްޓުމާއި ހިންގުމުގެ ޒިންމާ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކެބިނެޓުގެ ލަފައާ އެއްގޮތަށް ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ވަރަށް ގިނަ ކަންކަން ބޮއްސުންލާފައިވާކަމުގެ ރިޕޯޓުތައް ފާއިތުވި ފަސް އަހަރު މީޑިޔާއަށް ތިލަވި އެވެ. އެތަނުގައި ތިބި މީހުންނަށް ބޭނުންވާ ފަރުވާއާއި އަޅައިލުން ދެވޭނެ އިންތިޒާމުތައް އެ މަރުކަޒުގައި އެކަށީގެންވާ މިންވަރަށް ހަމަޖެހިފައި ނެތްކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކުރި އެވެ.
ހެލްތު މިނިސްޓްރީގެ ދަށަށް އެ މަރުކަޒު ގެންދިއުމުން އެ މަރުކަޒުގެ މައިގަނޑު އަމާޒަކީ އެތަނުގައި ތިބި މީހުންނަށް ފަރުވާދީނުންކަމަށްވެ، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހަމަޖެއްސުމަށް މަގުފަހިވާނެކަަމަށް ބެލެވެ އެވެ.