ނައިފަރާއި ހިންނަވަރުގައި ހިންގި ޑްރަގް އޮޕަރޭޝަނުގައި 5 މީހުން ހައްޔަރަށް

މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމެވެ. އޭގެ އިތުރުން 2،93000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ވެސް ވަނީ ހޯދާފަ އެވެ.

ޑްރަގް އޮޕަރޭޝަނުގައި ނައިފަރުންނާއި ހިންނަވަރުން ފުލުހުން އަތުލައިގަތް މީހުން --

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރުގެ 12 ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ވަނީ ހޯދާފަ އެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމެވެ. އޭގެ އިތުރުން 2،93000 ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރުގެ އިތުރުން ޔޫރޯ ވެސް ވަނީ ހޯދާފަ އެވެ.


މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ހިންނަވަރު ތިން މީހަކާއި ނައިފަރު މީހެއްގެ އިތުރުން އދ. މަހިބަދޫ އަންހެނެކެވެ. އެއީ؛

  •  ޅ. ހިންނަވަރު، އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)
  •  ޅ. ހިންނަވަރު، މިދިލިމާގެ، އަހުމަދު މުހައްމަދު (36އ)
  •  ޅ. ހިންނަވަރު، ފެހިގެ، މުހައްމަދު އިރުޝާދު (35އ)
  •  އދ. މަހިބަދޫ، ކުޅިބަލާގެ، ފާތިމަތު ރީމާ (44އ)
  •  ޅ. ނައިފަރު، ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)،

މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަހުމަދު މުހައްމަދު ހަތް ދުވަހަށް، އަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް އަދި ފާތިމަތުު ރީމާ 12 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ. އަދި، މުހައްމަދު އިރުޝާދު ބަންދު ކުރަން އަމުރުކޮށްފައި ވަނީ ތިން ދުވަހަށެވެ.

ފުލުހުން ބުނީ މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.