އުމުރުން 33 އަހަރު؛ 100 ވަނަ ހައްޔަރު، 40 ވަނަ ބަންދު

ކޯޓު އަމުރުގައި ފާހަގަކުރި ގޮތުގައި އޭނާއަކީ ވައްކަމާއި އެހެނިހެން ކުށްތަކުގެ ދިގު ރެކޯޑެއް އޮތް މީހެކެވެ. އެގޮތުން މިފަހަރުގެ ކުރިން 99 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

އުމުރުން 33 އަހަރުގެ ފިރިހެނެއް ސަތޭކަވަނަ ފަހަރަށް ހައްޔަރުކޮށް 40 ވަނަ ފަހަރަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. 

ވައްކަމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ އެމީހަކީ މ.ނަރުގަސްމާގެ/ ކ.މާލޭ ވާރިޝް ޝަމްސުއްދީނެވެ. 

ކޯޓު އަމުރުގައި ފާހަގަކުރި ގޮތުގައި އޭނާއަކީ ވައްކަމާއި އެހެނިހެން ކުށްތަކުގެ ދިގު ރެކޯޑެއް އޮތް މީހެކެވެ. އެގޮތުން މިފަހަރުގެ ކުރިން 99 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ. އަދި 39 ފަހަރު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާކަން ކުށުގެ ރެކޯޑުން އެނގޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

ސަތޭކަވަނަ ފަހަރަށް ފުލުހުން އޭނާ ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގަ އެވެ. އޭނާ ބަލައިފާސްކުރުމުގެ ތެރެއިން ލައިގެން ހުރި ފަޓުލޫނުގެ ޖީބުން ހަތަރު އަތުކުރީ ގަޑިއާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނެއް ފެނިފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

ހައްޔަރުކުރުމުން ވާރިޝް ބުނެފައިވަނީ އޭނާ އެގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށެވެ. އަދި ޖީބުން ފެނުނު ފޯނަކީ މަގުމަތީގައި އޮއްވައި ފެނުނު ފޯނެއްކަަމަށްވެސް އޭނާ ބުންޏެވެ. 

ފަނަރަ ދުވަހު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކުރިއިރު އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްވެސް ކޯޓުންވަނީ އަންގާފަ އެވެ. 

ވާރިޝް ބަންދުގައި ބަހައްޓަން ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވާނެކަމަށް ދެކެވަޑައިގަންނަވާތީކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.