ޕޯސްޓު މޯޓަމް ނަހަދައި ޒަކިއްޔާގެ ހަށިގަނޑު އަނބުރާ ރަށަށް

ފުލުހުން މީޑިއާތަކަށް ބުނީ ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު، އިތުރު ތަހުލީލު ކުރުމަށްފަހު، މިއަދު ހެނދު އަނބުރާ ރަށަށް ފޮނުވާލާފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ

ނ. ހޮޅުދޫގައި މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ޕޯސްޓްމޯޓަމް ނަހަދައި ހަށިގަނޑު އަނބުރާ ހޮޅުދޫއަށް ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކަށް ބުނީ ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު، އިތުރު ތަހުލީލު ކުރުމަށްފަހު، މިއަދު ހެނދު އަނބުރާ ރަށަށް ފޮނުވާލާފައިވާ ކަމަށެވެ. 

އަންހެން މީހާ މަރުވި އަސްލު ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފުލުހުން ނިންމިއެވެ. އެހެން ނަމަވެސް ޕޯސްޓުމޯޓަމް ނަހަދައި އަނބުރާ ރަށަށް ފޮނުވާލި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަުއލުމާތު އެނގޭ މީހަކު "މިރާ" އަށް ބުނިގޮތުގައި އަންހެން މީހާގެ ހަށިގަނޑު މެންދުރު ނަމާދަށް ވަޅުލުމަށް މަސައްކަތް ކުރަމުންދެއެވެ. އެހެން ނަމަވެސް ލޭ މަނާ ނުވާތީ ނުހިނެވިގެން ކަށުކަމާކެމީގެ ކަންކަން ލަސްވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

ހޮޅުދޫއިން މަރުވެފައި އޮއްވާ ފެނުނީ އެރަށު، ނިއުލައިފް، އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާއެވެ. އޭނާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނެއް ކައިރީގައެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ.

ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ބޭސް ކުރަމުންދާ މީހެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.