އިންޑިޔާގައި ފަރުވާކުރާ މީހަކަށް އާސަންދަ ކަނޑައިލި ވާހަކައިގެ ހަގީގަތް އެކުންފުނިން ކިިޔައިދީފި

އާސަންދައިން ބުނެފައިވަނީ ޒަކާތު ފަންޑާއި، އެންސްޕާއާއި އާސަންދަ ހިމަނައިގެން އޭނާއަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ދައުލަތުން ހަމަޖެއްސި ކަމަށެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ: އަމިއްލަ ހޮސްޕިޓާތަކަށް ޕެކޭޖު އަގުތަކެއް ތައާރަފުކުރަނީ

އިންޑިޔާގައި ފަރުވާ ހޯދަމުން އައި ބަލިމީހަކަށް ދެމުން އައި އެހީތެރިކަން އާސަންދައިން ކަނޑައިލާ އޭނާއާއި އާއިލާ ހާލުގައި ޖައްސާފައިވާކަމަށް ބުނެ މީސްމީޑިޔާއާއި ބައެއް މީޑިޔާތަކުގައި ފެތުރެމުންދާ ހަބަރުގެ ހަގީގަތް އާސަންދައިން ހާމަކޮށްފި އެވެ. 

އެ ވާހަކަތަކާ ގުޅިގެން އާސަންދައިން މީޑިޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމީހަކީ އުމުރުން 65 އަހަރުގެ މީހެކެވެ. އޭނާ ބަލިވެގެން އިންޑިޔާއަށް ގެނައީ ސައުދީ އަރަބިއްޔާއިންނެވެ. އޭނާ އިންޑިޔާއަށް ގެނައުމަަށް ހަރަދުކުރީ ޒަކާތު ފަންޑުންނެވެ. 

އާސަންދައިން ބުނެފައިވަނީ ޒަކާތު ފަންޑާއި، އެންސްޕާއާއި އާސަންދަ ހިމަނައިގެން އޭނާއަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ދައުލަތުން ހަމަޖެއްސި ކަމަށެވެ. 

ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށް ފަރުވާދެމުންދާ އެމީހާއަށް ފިޒިކަލް ތެރެޕީ، އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗް އެންޑް ސްވޮލޯވިން ތެރަޕީއާއި ހައިޕާބަރިކް އޮކްސިޖަން ތެރަޕީ ހިމެނޭހެން އިންޓެންސިވް ރިހެބިލެޓޭޝަން ފަރުވާ ދިނުމަށް އެޑުމިޓުކުރަން އެސްޓާ ސީއެމްއައި ހޮސްޕިޓަލުން އާސަންދައަށް މާޗު 14 ވަނަ ދުވަހު ރިކުއެސްޓު ކުރުމުން އޯގަސްޓު 18 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލުން ފޮނުވި ބިލުތަކަށް އާސަންދައިން އެޕްރޫވަލް ދިނެވެ. 

އެ ފަރުވާއަށްފަހު އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނާތީ އިތުރު ސަޕޯޓިވް ކެއާ ރާއްޖޭގައި ކުރިއަށްގެންދަން ވެންޓިލޭޓަރުގެ އެހީއާއެކު އޭނާ މާލެއަށް ގެނައުމާމެދު 14 އޯގަސްޓުގައި އާސަންދައިން ބަލިމީހާގެ އާއިލާއާއެކު މަޝްވަރާކުރި އެވެ. 

"ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި ޢާއިލާއާއެކުވަނީ ވާހަކަދެކެވިފައިވޭ،" އާސަންދައިން ބުނެފައިވެ އެވެ. 

އެގޮތަށް އާސަންދައިން މަޝްވަރާކުރި ސަބަބެއްކަމަށް އާސަންދައިން ފާހަގަަކުރީ ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރުކުރާ ކަމަކަށް ނުވާތީ އެވެ. އެކަން އާއިލާއަށް ކިޔައިދީ ފަރުވާ ރާއްޖޭގައި ކުރިއަށްގެންދަން ތިން ދުވަހުގެ ތެރޭގައި ބަލިމީހާ ރާއްޖެއަށް ގެނައުމާމެދު އާއިލާއާއެކު މަޝްވަރާކުރި ކަމަށް އާސަންދައިން ބުންޏެވެ. 

އަދި ކުރިން އެސްޓާ ސީއެމްއައިއިން 18 އޯގަސްޓާ ހަމައަށް އެ ބަލިމީހާގެ ފަރުވާއަށް ހިނގި ހަރަދުތަކަށް ބިލުކޮށްފައިވާ އަދަދަކީ 89،339.91 ޑޮލަރެވެ. އެއީ 1.3 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 85،989.15 ޑޮލަރު (1،325،952 ރުފިޔާ) އާސަންދައިން ހަމަޖައްސައިދިނުމަށް ހުއްދަ ދީފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.