ވާވޭގެ އާ ފޯނު | ޗައިނާ ބާޒާރުގައި އެޕަލްއަށް ބޮޑު ގޮންޖެހުމެއް

ވާވޭގެ އައު ފޯނަކީ ތިން ބައަށް ބަންދުކުރެވޭ ގޮތަށް ފަރުމާކޮށް ބާޒާރަށް ނެރޭ ފުރަތަމަ ފޯނެވެ. ވާވޭގެ މަސްއޫލުވެރިޔެއް ވިދާޅުވި ގޮތުގައި މި ފޯނު ބާޒާރަށް ނެރުމަށް އެ ކުންފުނިން ހިންމަތާއެކު މަސައްކަތްކުރާތާ ފަސް އަހަރު ވެއްޖެ އެވެ.

ވާވޭއިން އަލަށް ނެރުނު ތިން ބުރަށް ފޯލްޑުކުރެވޭ ފޯނު މޭޓް އެކްސްޓީ، ފޮޓޯ: ރޮއިޓާސް

ދިހަ އިންޗީގެ ލައްޕައިލެވޭ ސްކްރީނަކާއެކު ވާވޭއިން ނެރުނު 2،800 ޑޮލަރުގެ އައު ފޯނަށް ފަސް މިލިއަނަށްވުރެ ގިނަ ޕްރި އޯޑަރު ލިބިއްޖެ އެވެ. 

ޗައިނާގެ ޓްކެނޮލޮޖީ އެންމެ ބޮޑު ކުންފުނި ވާވޭއިން އަންނަނީ އަހަރަކަށްވުރެ އަހަރަށް އައު އީޖާދުތައް ބާޒާރަށް ނެރެ އެޕަލް އާއި ސެމްސަން ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ގޮންޖަމުންނެވެ. މޭޓް އެކްސްޓީގެ ނަން ދީފައިވާ ފޯނު ޝެޒެންގައި މަރުކަޒުވެފައިވާ ވާވޭއިން ދައްކައިލީ އަންގާރަދުވަހު އެޕަލްގެ އައިފޯން-16 ދައްކައިލިތާ ކުޑަ ވަގަތުކޮޅެއް ފަހުންނެވެ. 

ވާވޭގެ އައު ފޯނަކީ ތިން ބައަށް ބަންދުކުރެވޭ ގޮތަށް ފަރުމާކޮށް ބާޒާރަށް ނެރޭ ފުރަތަމަ ފޯނެވެ. ވާވޭގެ މަސްއޫލުވެރިޔެއް ވިދާޅުވި ގޮތުގައި މި ފޯނު ބާޒާރަށް ނެރުމަށް އެ ކުންފުނިން ހިންމަތާއެކު މަސައްކަތްކުރާތާ ފަސް އަހަރު ވެއްޖެ އެވެ. 

"ސްކްރީނާއި ހިންޖްގައި ހުރި ފަންނީ އެތައް ގޮންޖެހުމެއް ހުރަސްކޮށް، ގިނަ ދުވަހު ގެންގުޅެވޭ ގޮތަށް ފޯނު ފަރުމާކޮށް، ސައެންސީ ހިޔާލު ހަގީގަތަކަަށް އަހަރުމެން މިވަނީ ހަދާފައި،" ހުވާވޭގެ އެގްޒެކެޓިވް ޑިރެކްޓާ ރިޗާޑް ޔޫ ވިދާޅުވި އެވެ. 

އެޕަލްއިން އެ ކުންފުނީގެ އާ އައިފޯނު އިސްތިހާރުކުރަން އެންމެ ބޮޑަށް ބޭނުންކުރަނީ އެ ފޯނުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭ ކަމެވެ. ނަމަވެސް ޗައިނާގެ މައިބިމުގައި އައިފޯނުގެ އާޓީފިޝަލް އިންޓެލިޖެންސް ބޭނުންނުކުރެވެ އެވެ. 

އައިފޯނުން އެޕަލްއަށް ލިބުނު އާމުދަނީ މި އަހަަރުގެ ފުރަތަމަ ތިން މަހު ދިހަ އިންސައްތަ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޗައިނާއިން އެ ކުންފުންޏަށް ކުރިމަތިކުރަމުންދިޔަ ޕްރެޝަރު ކަމަށް ބައެއް މާހިރުން ވިދާޅުވެ އެވެ. 

ދެ ކުންފުނީގެ ފޯނުތައްވެސް ފިހާރަތަކަށް އަންނާނީ ސެޕްޓެންބަރު 20 ގަ އެވެ. އައިފޯނުގެ އެންމެ އާދައިގެ ފޯނެއްގެ އަގަކީ 843 ޑޮލަރެވެ. އެންމެ އާދައިގެ މޭޓް އެކްސްއެއްގެ އަގު އައިފޯނަށްވުރެ 2،000 ޑޮލަރު ބޮޑުވާނެ އެވެ. 

ވާވޭގެ ވެބްސައިޓުން ފެންނަ ގޮތުގައި ބުދަދުވަހުގެ ނިޔަލަށް ފަސް މިލިއަން މީހުން މޭޓް އެކްސްޓީ ގަންނަން ޕްރިއޯޑާ ކޮށްފައިވެ އެވެ. އެ ހިސާބަށް ބަލާނަމަ ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރުގެ ސޭލްސް އެ ކުންފުންޏަށްވަނީ ހެދިފަ އެވެ. 

މޭޓް އެކްސްޓީއަކީ 2019 ވަނަ އަހަރު އެމެރިކާއިން ވާވޭއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އައި ހީނަރުކަމުން އަރައިގަތުމަށް އެ ކުންފުނިން ބާޒާރަށް ނެރެމުންދާ އާ އީޖާދުތަކުގެ ތެރެެއިން އެންމެ ފަހުގެ އީޖާދެވެ. 

ފާއިތުވި އަހަރު ފޯނު އުފެއްދުމުގެ ސިނާއަތަށް ވާވޭއިން ސިހުން ގެނުވީ އެ ކުންފުނިން އަމިއްލައަށް ފަރުމާކޮށް އީޖާދުކުރި ވަރުގަދަ ޗިޕާއެކު މޭޓް 60 މަރުކާގެ ފޯނު ބާޒާރަށް ނެރެގެންނެވެ. ކިރިން 900އެސްގެ ނަމުގައި ނެރުނު މި ޗިޕަކީ ބޭރުގެ ޓެކްނޮލޮޖީއަށް އެ ކުންފުނިން ބަރޯސާވާ މިންވަރު ކުޑަކުރަން އެޅި މުހިއްމު ފިޔަވަޅެކެވެ. 

ވާވޭގެ އައު ފޯނުގައި އެ ކުންފުނިން ބޭނުންކުރާ ޗިޕަކީ ކޮބައިކަން އެ ކުންފުނިން އިއުލާނުކޮށްފައިނުވި ނަމަވެސް ޓެކްނޮލޮޖީގެ ކަންކަން ދިރާސާކުރައްވާ ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ފޯނުގައި ބޭނުންކޮށްފައިވާ ޗިޕަކީ ވާވޭގެ ކިރިން 9010 5-ޖީ ޗިޕަށްވުން ގާތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.