ކިރިގިސްތާނުގެ ހުނަރުވެރި އަދި އިސްކޮޅުން ދިގު ކުޅުންތެރީންނާއި ދެކޮޅަށް ދިވެހި ކުޅުންތެރީން ވަނީ ވަރަށް ރަނގަޅު ކުުޅުމެއް ދައްކާފަ އެވެ.
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ޗެމްޕިއަންކަން ކިރިގިސްތާނު ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ ވޮލީ ކޯޓްގައި މިރޭ އޮތް މުބާރާތުގެ ފައިނަލް ގައި ކިރިގިސްތާނު ވާދަކުރީ ރާއްޖޭގެ އަންހެން ވޮލީ ބޯޅަ ޓީމާ އެވެ. ކިރިގިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 3-2 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ ސެޓް ތަފާތު ބޮޑުކޮށް ކާމިޔާބު ކުރީ ކިރިގިސްތާނުން ނަމަވެސް ދެވަނަ ސެޓް ހޯދީ ރާއްޖެ އިންނެވެ. ތިންވަނަ ސެޓް ކިރިގިސްތާނުން ހޯދިއިރު ހަތަރުވަނަ ސެޓް ކާމިޔާބު ކުރީ ރާއްޖެ އިންނެވެ. އެހެން ކަމުން ފަސްވަނަ ސެޓެއް ކުޅެން ޖެހުނެވެ.
ކިރިގިސްތާނުގެ ހުނަރުވެރި އަދި އިސްކޮޅުން ދިގު ކުޅުންތެރީންނާއި ދެކޮޅަށް ދިވެހި ކުޅުންތެރީން ވަނީ ވަރަށް ރަނގަޅު ކުުޅުމެއް ދައްކާފަ އެވެ.
މިރޭގެ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުޅިވަރާ ބެހޭ ވަޒީރާއި އެ މިނިސްޓްރީގެ އިސްވެރީންނާއި ވޮލީއާ ކުޅިވަރު އާއިލާގެ އިސް ބޭފުޅުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ދިވެހީން ސޯޝަލް ސެންޓަރަށް ޖަމާވެ މެދުނުކެނޑި ދިވެހި ޓީމަށް ތަރުހީބު ދިނެވެ.