އެ ފައިސާތައް މަގުމަތީން ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިހުން ކުރި މަސައްކަތުން މިހާރު ވަނީ އެ ފައިސާތައް ހޯދާފަ އެވެ.
ފުލުހުން ބުނީ މީހެއްގެ ޖީބުން މަގުމައްޗަށް 17000 ރުފިޔާ ވެއްޓި ގެއްލިފައިވާ ކަމަށް މި މަހުގެ ނުވަވަނަ ދުވަހު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް އެ ސަރަހައްދުގެ ސީސީޓީވީ ފްޖޭޓްތައް ފުލުހުން ވަނީ ބަލާފަ އެވެ. އަދި އެ ފައިސާތައް މަގުމަތީން ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިހުން ކުރި މަސައްކަތުން މިހާރު ވަނީ އެ ފައިސާތައް ހޯދާފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.