ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ގޮތްނޭންގޭ މަރުތަކުގެ ހަގީގަތް ހޯދާ ތަހުގީގު ބޭނުމަށް ޕޯސްޓްމޯޓަމް ހަދަ އެވެ. އާއިލާ އިން ދެކޮޅު ހެދިޔަސް އެކަން ކުރާނެ އެވެ.

ކުޅުދުއްފުށީ ބަނދަރުން ހޭ ނެތިފައި އޮއްވައި ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި، ފޮޓޯ: ސޯޝަލް މީޑިޔާ

ކުޅުދުއްފުށީ ސިޓީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ފަޅުތެރޭ މަރުވެފައި އޮއްވާ ފެނިފައި ވަނީ ކުޅުދުއްފުށި ޑެއިޒީފެހި, އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ.

ފުލުހުން ދެންމެ ބުނީ ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕޯސްޓްމޯޓަމަށް ފޮނުވާނީ އިންޑިއާއަށެވެ.

ގޮތްނޭންގޭ މަރުތަކުގެ ހަގީގަތް ހޯދާ ތަހުގީގު ބޭނުމަށް ޕޯސްޓްމޯޓަމް ހަދަ އެވެ. އާއިލާ އިން ދެކޮޅު ހެދިޔަސް އެކަން ކުރާނެ އެވެ.

އިއްޔެ ހެނދުނު، ނ. ހޮޅުދޫ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ވެސް މަރުވެފައި އޮއްވާ ފެނުނެވެ. ކަރުގައި ފުން ޒަހަމެެއް ހުއްޓެވެ. ކައިރީގައި ބޮޑު ވަޅިއެއް އޮތެވެ. ޒަކިއްޔާގެ ހަށިގަނޑު ވެސް އޮތީ ޕޯސްޓްމޯޓަމަށް ރޭ މާލެ ގެނެސްފަ އެވެ.

އޭގެ ކުރީން މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކޮށް ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މަރުވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރުގެ ހަށިގަނޑު ވެސް ޕޯސްޓްމޯޓަށް އިންޑިއާ ފޮނުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.