ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުނީ މި މަހު ކަމަކަށް ނުބެލެވޭ: ފުލުހުން

"މިއީ މި ސެޕްޓެންބަރު މަހު ހިނގާފައިވާ ކަމެއް ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އއ. ރަސްދޫ

އއ. ރަސްދޫ މަގުމަތީ ބަރަހަނާ ފިލްމެއް ކުޅުނު މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށާފައިވާއިރު މިއީ މި މަހު ހިންގާފައިވާ ކަމެއް ނޫން ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

އެ އަމަލު ހިންގީ ރަޝިޔާއަށް ނިސްބަތްވާ ބައެކެވެ. އެއީ ބަރަހަނާ އެފަދަ ފިލްމުތައް ކުޅޭ ގުރޭޕެކެވެ.

އެ މީހުން ވަނީ ދެ ޖިންސު މަސްހުނުވެ ރަސްދޫގެ މަގުތަކާއި ބީޗުގަައި ވެސް އެފަދަ މަންޒަރުތައް ނަގާފަ އެވެ. އެކަން ހާމަވީ އެ މީހުން އޭގެ ބައެއް މަންޒަރުތައް އާންމު ކުރުމުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ބުނީ ރަސްދޫ މަގުތަކާއި ބީޗުގައި ފަތުރުވެރީން ތަކެއް ބަރަހަނާ ފިލްމެއް ކުޅުނު މައްސަލަ އެއް އަދި އެފަދަ ޝަކުވާއެއް އެ އިދާރާއަށް ލިބިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގެ އަޕްޑޭޓެއް ފުލުހުން މިއަދު ދިނެވެ. ފުލުހުން ބުނީ މިފަދައިންނެވެ؛

"މިއީ މި ސެޕްޓެންބަރު މަހު ހިނގާފައިވާ ކަމެއް ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،"

އަދި ބުނީ މިކަމާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.