ނައިފަރާއި ހިންނަވަރުގައި ޑްރަގް އޮޕަރޭޝަނެއް ހިންގަނީ

ފުލުހުން ދެންމެ ބުނީ ޑްރަގް އެންފޯސްމަންޓް އާއި އިންޓެލިޖެންސް އަދި ނޯތް ޕޮލިސް ގުޅިގެން ހިންނަވަރާއި ނައިފަރު ގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

ނައިފަރު

ފާދިއްޕޮޅުގެ ވެރިރަށް ނައިފަރާއި އެ އަތޮޅުގައި ދެން އެންމެ އާބާދީ ބޮޑު ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދެންމެ ބުނީ ޑްރަގް އެންފޯސްމަންޓް އާއި އިންޓެލިޖެންސް އަދި ނޯތް ޕޮލިސް ގުޅިގެން ހިންނަވަރާއި ނައިފަރު ގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދީ ބުނީ އޮޕަރޭޝަން ނިމުމުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ރަށުގައި ހިންގަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެކެވެ. އެއީ ލިބުނު މައުލޫމާތުތަކާއި ގުޅިގެންނާއި އެ ދެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި އެތެރެވުން ހުއްޓުވުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެކެވެ.

މީގެ ކުރީން ވެސް އެފަދަ މައުލޫމާތުތައް ލިބިގެން ނައިފަރުގައި ވަނީ އެފަދަ އޮޕަރޭޝަނެއް ހިންގާފަ އެވެ. ބޮޑު އާބާދީއެއް އޮތް ނައިފަރު ގައި މަސްތުވާތަކެތީގެ މައްސަލަ އަކީ ބޮޑު މައްސަލަ އެކެވެ. ވަރަށް އިލްމީ / ދީނީ ކަންކަން ފަރުވާތެރިކަން ބޮޑު ރަށެއް ގައި ގޮތުގައި ކުރީން ފާހަގަ ކޮށްލެވުނު ނައިފަރު ގައި އިޖްތިމާއީ އެ ނޫން ވެސް ގިނަ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.