ނޮވެމްބަރުގެ ނިޔަލަށް 75 ހާސް މެމްބަރުން ޕީއެންސީއަށް ހަމަވާނެ: ފަލާހް

"މިހާރުވެސް ޕާޓީއަށް ގުޅެން ބޭނުންވެގެން އަޅުގަނޑުމެންނަށް 50000 އަށްވުރެ ގިނަ ފޯމު އެބައިން ހުށަހަޅާފަ. އިރާދަކުރެއްވިއްޔާ މި ނޮވެމްބަރު ނިމުމުގެ ކުރިން މި ޕާޓީއަކީ 75،000 އަށްވުރެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ހެދުމަށް މަސައްކަތްކުރާނަން"

ކޮންގުރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީ ވެގެންދާނީ ރާޢްޖޭގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ޕިއެންސީގެ އތއެރޭގެ އިންތިހާބާ ގުޅެގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބަައްދަލުވުމެއްގައެވެ. 

ފަލާހު ވިދާޅުވީ ޕީއެންސީން މިހާޜު ތައްޔާޜުވަމުންދަނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެގޮތުން އެ ޕާޓޫގެ އެކި މަގާމުތަކަށް ރާޢްޖޭގެ އެކި ހިސާވުތަކުން ދެ ހާހަށްވުރެ ގިނަ މީހުން އައްޔަނު ކުރާނެ ކަމަށެވެ.

"އަޅުގަނދުމެން މި އިންތިހާބަށް ތައްޔާރުވަމުންދާއިރު، މި އިންތިހާާބު ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ބޭއްވޭނެ އެންމެ ބޮޑު އިންތިހާބަކަށް. އެކި މަގާމުތަކަށް 2095 މީހުން އައްޔަންކުރާނެ އެކި ކަންކޮޅުތަކުން. މިހާރުވެސް ޕާޓީއަށް ގުޅެން ބޭނުންވެގެން އަޅުގަނޑުމެންނަށް 50000 އަށްވުރެ ގިނަ ފޯމު އެބައިން ހުށަހަޅާފަ. އިރާދަކުރެއްވިއްޔާ މި ނޮވެމްބަރު ނިމުމުގެ ކުރިން މި ޕާޓީއަކީ 75،000 އަށްވުރެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ހެދުމަށް މަސައްކަތްކުރާނަން." އޭނާ ވިދާޅުވިއެވެ.

ސަރުކާރު ނިސްބަތްވަނީ ޕީއެންސީއަށް ކަމަށާއި އެޕާޓީގެ މުގުލުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހިންގުންތެރި ހަރުދަނާ ބޭފުޅެއް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެ ޕާޓީއަކީ ބައިބައިވެގެންދާނެ ޕާޓިއެއް ނޫން ކަމަށާއި ރައީސް މުއިއްޒުގެ އިރުޝާދާއެއްގޮތަށް ޕާޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.