"އަމާން އުދަރެސް"ގެ ހުރިހާ ޓަވަރެއްގެ ސްޓްރަކްޗާ މަސައްކަތްތައް ނިމިއްޖެ

އެ ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާކަން މިއަދު އެފްޑީސީން އިއުލާނުކޮށްފައިވެ އެވެ. އެ ޓަވަރުތަކުގެ ފަހު ސްލެބް އެޅީ މިއަދު އެވެ. ދެން ކުރިއަށްދާނީ އެ ޓަވަރުތަކުގެ ފިނިޝިން މަސައްކަތެވެ.

ފަހި ދިރިއުޅުން ކުންފުނިން އަޅާ އަމާން އުދަރެސް ފްލެޓުތައް

އިންޑިޔާަގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ހައުސިން ޔުނިޓުތަކުގެ ތެރެއިން "އަމާން އުދަރެސް"ގެ ނަމުގައި އަޅާ ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް ނިމިއްޖެ އެވެ. 

އެފްޑީސީން އަންނަނީ 4،000 ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ 32 ޓަވަރުގެ މަސައްކަތެވެ. އެއިން 15 ޓަވަރެއްގެ މަސައްކަތް ކޮންޓްރެކްޓުކޮށްފައިވަނީ ކޭޕީއައިއެލްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރި 16 ޓަވަރަަށް ދީފައިވާ ނަމަކީ "އަމާން އުދަރެސް" އެވެ. 

އެ ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާކަން މިއަދު އެފްޑީސީން އިއުލާނުކޮށްފައިވެ އެވެ. އެ ޓަވަރުތަކުގެ ފަހު ސްލެބް އެޅީ މިއަދު އެވެ. ދެން ކުރިއަށްދާނީ އެ ޓަވަރުތަކުގެ ފިނިޝިން މަސައްކަތެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފަރާތުން ހަސަން މާނިހު އުމަރު ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ވަސީލަކްތަތަކެއް ދެން ބޭނުންކުރާނީ ޓަވަރުތަކުގެ ފިނިޝިން މަސައްކަަތް ނިންމުމަށް ކަމަށެވެ. އަދި ފިނިޝިން މަސައްކަތް ބާރު ސްޕީޑުގައި ގެންގޮސް ކަނޑައަޅާފައިވާ މުއްދަތަށް ހުރިހާ ޔުނިޓެއްގެ ފިނިޝިން ނިންމައި ހަވާލުކުރެވޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

އެފްޑީސީގެ މެނޭޖާ ޕްރޮޖެކްޓްސް މުހައްމަދު ހައިކަލް އިބްރާހީމް މިއަދު ވިދާޅުވީ "އަމާން އުދަރެސް"ގެ 16 ޓަވަރުގެ މަސައްކަތް އެހާ ހަލުއިކޮށް ނިންމައިލެވުނީ އެލުމިނިއަމް ފްރޭމްވޯކް މެތޮޑު ބޭނުންކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ. 

ކޭޕީއައިއެލްގެ ފަރާތުން އެ ކުންފުނީގެ ޕްރޮޖެކްޓ ޑިރެކްޓާ ތަންގަރާޖް ކަރަތިކެޔަން ވިދާޅުވީ ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް ވަގުތަށް ނިންމައިލީ އެ ޓަވަރުތަކުގެ ކޮލިޓީއަށް ބުރޫނާރާނެ ގޮތަށް ކަމަށެވެ. އެކަމުގައި އެފްޑީސީން ލިބުނު އެހީތެރިކަން އޭނާަ ފާހަގަކުރެއްވި އެވެ. 

އެފްޑީސީގެ އަމާޒަަކީ އަންނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓާގައި ހުރިހާ ޓަވަރެއްގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމައިލުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.