އަޑުގަދަ އުޅަނދުތައް 30 ދުވަހަށް ޓޯކޮށް، މޮޑިފިކޭޝަންތައް ބަދަލުކުރުވަނީ

މީގެ ކުރިން ގަވާއިދުގައި ބުނެފައިވަނީ އުޅަނދުގެ އަސްލަށް ބަދަލުގެނެސްގެން ދުއްވާ އުޅަނދުތައް ރަނގަޅުކުރުމަށް ވެރިފަރާތަށް އެންގުމަށްފަހު އެކަމެއް ރަނގަޅުނުކުރާނަމަ 15 ދުވަހުގެ މުއްދަތަކަށް އެ އުޅަނދެއް ޓޯކުރެވޭނެ ކަމަށެވެ.

ސްކޫލްތައް ހުންނަ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތަކެއް ކުރަންޖެހެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް

އަޑުގަދަވާ ގޮތަށް ބަދަލުކޮށްގެން ދުއްވާ އުޅަނދުތައް ހުއްޓުވައި 30 ދުވަހުގެ މުއްދަތަށް ޓޯކޮށް އަޑުގަދަކުރުމަށް އުޅަނދަށް ގެނެސްފައިވާ މޮޑިފިކޭޝަންތައް ބަދަލުކުރުވާ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީން ހޯމަ ދުވަހު "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވާއިދަަށް" ގެނެސްފައިވާ އިސްލާހުގެ ދަށުން މޮޑިފައިކޮށްގެން ނުވަތަ ބަދަލުގެނެސްގެން އަޑުގަދަވާހެން ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދތަކަށް ހިފަހައްޓައި ޓޯކުރެވޭނެ އެވެ. 

މީގެ ކުރިން ގަވާއިދުގައި ބުނެފައިވަނީ އުޅަނދުގެ އަސްލަށް ބަދަލުގެނެސްގެން ދުއްވާ އުޅަނދުތައް ރަނގަޅުކުރުމަށް ވެރިފަރާތަށް އެންގުމަށްފަހު އެކަމެއް ރަނގަޅުނުކުރާނަމަ 15 ދުވަހުގެ މުއްދަތަކަށް އެ އުޅަނދެއް ޓޯކުރެވޭނެ ކަމަށެވެ. 

މިހާރު ގަވާއިދަށް ގެނައި އިސްލާހުތަކުގެ ދަށުން 30 ދުވަހަށް ހިފަހައްޓާ އުޅަނދުތައް ދޫކުރެވޭނީ އެ އުޅަނދަށް ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅުކުރުމުންނެވެ. އދި މޮޑިކޮށްފައިވަނީ ސައިލެންސަރައި ބަރުގޮނު ފަދަ ބިރުވެރިކަން އުފައްދާ އެއްޗެއްނަމަ އެ ތަކެތި ފުލުހުންނަށް ނައްތައިލެެވޭނެ އެވެ. 

މި ބަދަލުތަކުގެ އިތުރަށް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދު ޓޯކުރުމަށްފަހު ޓޯ ޔާޑުގައި ހިފަހައްޓާ މުއްދަތު ކުރުކުރަން ގަވާާއިދުގައި ހިމަނަފައިވެ އެވެ. ކުރިން އޮންނަަ ގޮތުން ނުގަވައިދުން ޕާކުކުރާ އުޅަނދުތައް ހިފަހެއްޓޭނީ 15 ދުވަހުގެ މުއްދަތަކަށެވެ. 

މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ނުގަވާއިދުން ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ފުލުހުންނަށް ހިފަހެއްޓޭނީ ދެ ދުވަސް ނުވަތަ 48 ގަޑިއިރުގެ މުހުލަތަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.