ޔޫރަޕު ޓޫރިސްޓުން ބޮޑުތަން އިތުރުވިޔަސް މެދުއިރުމަތިން ދަށް

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 613,773 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 698,125 ގަ އެވެ.

ރަށެއްގައި ޓޫރިސްޓެއް : ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ -- މުހައްމަދު އަފްރާހު | މިރާ

މި އަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވިނަމަވެސް މެދުއިރުމަތިން އައިސްފައިވާ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 613,773 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އައިސް ޓޫރިސްޓުންގެ އަދަދު އުޅެނީ 698,125 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ މިއީ 14 ޕަސެންޓުގެ އިތުރުވުމެކެވެ. މައުލޫމާތުތައް ދައްކާ ގޮތުުގައި އީސްޓް މެޑިޓެރޭނިއަން ޔޫރަޕުން ނޫން ހުރިހާ ހިސާބަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އިޒްރޭލާއި ތުރުކީ ހިމެނޭ މި ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު 22 ޕަސެންޓް ދަށްވެފައިވެ އެވެ. 

ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތައް

  • ރަޝިއާ
  • އިނގިރޭސިވިލާތް
  • އިޓަލީ
  • ސްޕެއިން
  • ޖަރުމަނުވިލާތް
  • ސުވިޒަލޭންޑް
  • ޕޮލެންޑް
  • ޗެކް ރިޕަބްލިކް

ޖުލައި މަހުގެ ނިޔަލަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިން ނެވެ. ޖުލައިގެ ނިޔަލަށް 126,290 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް 127,004 ޓޫރިސްޓުން އައިސްފައިވެ އެވެ. މި މުއްދަތާ ހަމައަށް ބަލާއިރު ރަޝިއާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވުމެއް އައިސްފަ އެވެ.    

ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ޖުލައިގެ ނިޔަލަށް އިތުރުވިނަމަވެސް މެެދުއިރުމަތިން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައެއް ނުވެ އެވެ. މެދުއިރުމަތިން މިދިޔަ އަހަރު 50,782 ޓޫރިސްޓުން އައިސްފައިވާއިރު މި އަހަރު އައިސްފައިވަނީ 48,899 ޓޫރިސްޓުންނެވެ.   

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް 1,394,876 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.