ބިދޭސީން ދިރިއުޅޭ ތަންތަން ބަަލައިފާސްކުރުން | ތިން ތަނެއް ބެލި، 13 މީހަކު އަތުލައިގަނެފި

މާލެ ސަރަހައްދުގައި ފެށި އޮޕަރޭޝަނުގެ ތެރެއިން އިމިގުރޭޝަަނުން އިއްޔަވަނީ ތިން ތަނެއް ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.

ބިދޭސީން ދިރިއުޅޭ ތަންތަަން ބަލައި ފާސްކުރުމަށް އިމިގުރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް އިމިގުރޭޝަނާއި ފުލުހުން ގުޅިގެން ހިންގަން ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށް 13 ބިދޭސީއަކު މޯލްޑިވްސް އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. 

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމުގެ މސައްކަތްވެސް އިމިގުރޭޝަނުން އަންނަނީ ކުރަމުންނެވެ. 

އިއްޔެ ފެށި މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އިމިގުރޭޝަނުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. 

މާލެ ސަރަހައްދުގައި ފެށި އޮޕަރޭޝަނުގެ ތެރެއިން އިމިގުރޭޝަަނުން އިއްޔަވަނީ ތިން ތަނެއް ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. 

އިމިގުރޭޝަަނުން މައުލޫމާތު ދިން ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނާއި އާންމު ސިއްހަތުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ބިދޭސީން ބައިތިއްބާ ތަންތަން މި އޮޕަރޭޝަނުގެ ތެރެއިން ދެނެގަންނާނެ އެވެ. 

އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ މީހުންނާމެދު އިމިގުރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއަޅާނެ ކަމުގައި އިމިގުރޭޝަނުން ބުނެފައިވެ އެވެ. 

މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި ބިދޭސީން ބައިތިއްބާ ހުރިހާ ތަނެއް ބަލައި ފާސްކުރަން ހަމަޖެހިފައިވާކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.