ރާވައިގެން ހިންގާ ކުށްތައް ހުއްޓުވަން ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ: އިހުސާން

"މިގޮންޖެހުންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ. އެ މަސައްކަތް ވާން ޖެހޭނީ ޤައުމުތަކުގެ އިޙްތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް." އިހުސާން ވިދާޅުވި އެވެ.

ބަވަނަވެފައިވާ ދުނިޔެއެއްގައި އިންތިޒާމުވެގެން ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ދާހިލީ ސަލާމަަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ. 

ޗައިނާގެ ޖިއަންސޫ ޕްރޮވިންސްގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސޭފްޓީ ފޯރަމުގައި ދެއްވި ތަގުރީރުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި ކުށްތަކަށް އަރައިގަންނަ އުކުޅުތައް ވަރަށް ބޮޑަށް ބަދަލުވެފައިވެ އެވެ. 

އެހެންކަމުން ބައިނަލްއަގުވާމީ ފެންވަރުގައި އިންތިޒާމުކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސައިބާ ކްރައިމާއި، ޓެރަރިޒަމާއި ގިނަ ގައުމުތަކުގައި ހިންގަމުންތާ ކުށްކުރުމުގެ ވިއުގަތައް ހުއްޓުވުމަށް ގައުމުތައް އެކުގައި މަސައްކަތްކުރުން މުހިއްމު ކަމަށް އިހުސާން ވިދާޅުވި އެވެ. 

"މިގޮންޖެހުންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ. އެ މަސައްކަތް ވާން ޖެހޭނީ ޤައުމުތަކުގެ އިޙްތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް. އަދި އެންމެ ޤައުމަކަށް މިމައްސަލަތަކަށް އެކަނި ހައްލެއް ނުގެނެވޭނެ،" އިހުސާން ވިދާޅުވި އެވެ.  

އިހުސާން އިތުރަށް ވިދާޅުވީ ކުށްތަަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ގައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއްފަރާތްކުރުމަށްފަހު، އެއް އަމާޒަކަށް ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން މަސައްކަތްކުރުމަކީ މަޖުބޫރުކަމެއްކަމަށެވެ. 

ގުޅިގެން ގައުމުތަކުން މަސައްކަތްކުރުމުން އަންނަން އޮތް ޖީލުތަކށް ސަލާމަަތައި ރައްކާތެރިކަން ކަށަވރުވެފައި އޮތް ދުނިޔެއެއް ލިބޭނެ ކަމުގައި އިހުސާން ވިދާޅުވި އެވެ. 

ޗައިނާގެ ޖިއަންސޫގައި ޕްރޮވިންސްގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ތަގުރީރުކުރެއްވުމުގެ އިތުރުން، އެ ކޮންފަރެންސްގެ ހަވާސާގައި ޗައިނާގެ މިނިސްޓާ ފޯ ޕަބްލިކް ސެކިއުރިޓީ ވަން ޝިއާހޮންއާ އިހުސާން ބައްދަލުކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.