ބޯހިމެނުން ނިންމަން އިތުރު ތާރީހެއް ކަނޑައަޅައިފި

އެ މަަސައްކަތް މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްބީއެސް އިން ބުންޏެވެ. އެމްބީއެސް އިން ބުނީ އެ ތާރީހަށް ބޯހިމެނުމުގެ މަސައްކަތް މުޅިން ނިންމާލުމަށް އަމާޒުކޮށް ބިއުރޯގެ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަަސައްކަތް މި މަހުގެ 18 ވަނަ ދުވަހަށް ނިންމަން ވަނީ ހިފާފައި -- އެމްބީއެސްގެ ފޮޓޯއެއް

ގައުމީ ތަރައްގީގެ މުހިންމު މައުލޫމާތުތަކެއް އެއް ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ގުނުން، "ބޯހިމެނުން 2022" ކަނޑައަޅާފައިވާ ތާރީހަށް ނުނިމި އަނެއްކާވެސް ބޯހިމެނުން ނިންމަން އިތުރު ތާރީހެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކަނޑައަޅައިފި އެވެ.

އެމްބީއެސް އިން މިއަދު ބުނީ ބޯހިމެނުމުގެ މައުލޫމާތު ނުނެގިވާ ތަންތަން ފާހަގަކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން މާލެ ސަރަހައްދުގައި ތަޅުލާފައި ހުރި ތަންތަނުގެ ތެރޭން 41 އިންސައްތަ ތަނުން މިހާރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބޯހިމެނިފައިނުވާ ކަމަށް އެ ބިއުރޯއަށް އަންގަމުންދާ ގޭބީސީތައް / މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

އެ މަަސައްކަތް މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްބީއެސް އިން ބުންޏެވެ. އެމްބީއެސް އިން ބުނީ އެ ތާރީހަށް ބޯހިމެނުމުގެ މަސައްކަތް މުޅިން ނިންމާލުމަށް އަމާޒުކޮށް ބިއުރޯގެ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ.

އެހެން ކަމުން މިހާތަނަށް ބޯހިމެނިފައިނުވާ ގޭބިސީތަކުން އެމްބީއެސްގެ ހޮޓްލައިން 1423 ނުވަތަ 3008400 ނަންބަރާއި ގުޅުމަށް ވަނީ އެދިފައެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފެށި ބޯހިމެނުމުގެ މަސައްކަތް އެ މަހުގެ 27 އަށް ނިންމަން ސްޓެޓިސްޓިކްސް އިން ކަނޑައެޅިއެވެ. ނަަމަވެސް މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމާއި ބައެއް ގޭބީސީތަކުން މައުލޫމާތު ނުލިބި އެ ތާރީހަށް މަސައްކަތް ނިންމާލެވޭ ގޮތް ނުވީއެވެ.

އެންމެ ފަހުގެ ގުނުން

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.