އަޒޫ ވަރަށް ބޮޑަށް އޯކޭ، މީހަކަށް ކަމެއް ޕްރޫފް ކޮށްދޭކަށް ނުޖެހޭ

"އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ޕްރޫޕް ކޮށްދޭކަށް ނުޖެހޭނެ. އަހަރެން ހެއްދެވި ފަރާތާއި އަހަރެންގެ ގޮތް އެނގޭ މީހުންނަށް އިނގޭނެ އަހަރެންނަކީ ކާކުކަން،"

ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)

އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ޕްރޫޕް ކޮށްދޭން ނުޖެހޭ ކަމަށާ އޭނާ އެނގޭ ކޮންމެ މީހަކަށް އޭނާގެ ގޮތް އެނގޭނެ ކަމަށް ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) ބުނެފި އެވެ.

އަޒޫ މިހެން ބުނެފައި ވަނީ އޭނާގެ ފިރިމީހާ ބަތަލު، އަހްމަދު ސައީދު އާއި ފިލްމީ ބަތަލު، މުހައްމަދު މަނިކުއާ ދެމެދު މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ފޭސްބުކު ގައި ކުރި ޕޯސްޓެއް ގައެވެ. ވަރަށް އެކުވެރި ދެ މީހުންގެ ގޮތުގައި ފެނުނު މަނިކާއި ސައީދުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ފިލްމި "ބިބީ" ގެ ޕްރޮމޯޝަނަލް އިންޓަވިއު އެއްގައި ސައީދު ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

އިންޓަވިއުގެ ތެރޭން ސައީދު ވަނީ ދެތީން ފިލްމެއް ގައި އެކުގައި ޝީލާއާ އެކު މަސައްކަތް ކުރުމުން މަނިކު މިހާރު އެހާ ބޮޑަށް ވާހަކަ ނުދައްކާ ކަމަށެވެ.

"ޝީލާއާއެކު މި ދެތީން އެތި [ދެތީން ފިލްމު] ކުޅުނު ފަހުން މަނިިކު މިހާރު އެހާ ބޮޑަކަށް ވާހަކައެއް ނުދައްކާ. އެހެންވީމަ އެކަމާ އެއްޗެއް ބުނެލަން ބޭނުންވޭ. މަނިކުއޭ! އެއްގޮތަކަށް ވެސް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީ. މަނިކު ވާނެ އޭ އަހަރެމެންނަށް އިތުބާރު ކުރަން،" ވަރަށް ބޮޑަށް ވައިރަލްވި އެ ވީޑިއޯ ގައި ސައީދު ބުންޏެވެ. 

މަނިކު ވަނީ އޭނާގެ ފޭސްބުކުގައި ވީޑިއޯއެއް ހިއްސާކޮށް އެ ވާހަކަތަކަށް ރައްދު ދީފަ އެވެ. މަނިކު ބުނީ އެ ވާހަކަ ދައްކަން ޖެހުނީ އެއީ ތެދު ވާހަކައެއް ކަމަށް ހީވެ ވަރަށް ގިނަ މީހުން "ނެގެޓިކް" ކޮމެންޓްތައް ކޮށްފައިވާތީ ކަމަށެވެ. އަދި ޝިލާއާ ގުޅުން ކެނޑުނީތޯ ސުވާލުކޮށް ވަރަށް ގިނަ ރަހްމަތްތެރީން މެސެޖުކޮށް ފޯނު ކުރަމުންދާތީ ކަމަށެވެ.

އެފަދަ ކަމެއް ފިލްމީ ދާއިރާގެ ބަޔަކު ކުރުމުން ވަރަށް ވަރަށް ދެރަވެއްޖެ ކަަމަށް ވެސް ބުންޏެވެ.

"ފިލްމެއްގެ ޕްރޮމޯޝަނަށް ވެސް މީހަކު ކޮށްގެން ނުވާނެ ކަންކަން ކޮށްފައި އެހުރީ. ޓާކްރެއިން އިން އެކަން ކުރީތީވެ ވަރަށް ދެރަވެއްޖެ،"

މަނިކު ބުނީ ސައީދަށް ކުރެވުނޫ ކުށް ހީއެއް ކަމަށެވެ. އަދި އޭނާ އަކީ ސައީދުހެން "ބިރު" އަތަށް ލައިގެން އުޅޭ މީހެއް ނޫން ކަމަށް ބުންޏެވެ.

"ހަގީގަތަކީ އަހަރެމެންގެ ދިރިއުޅުމުގައި ނޯންނާނެ އެއްވެސް ކުންޏެއް. އެހެންވީމަ 21 އަހަރު ވަންދެން އެކުގައި އިނދެގެން މި އުޅެވެނީ،" ޝީލާއާ އެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މަނިކު ބުންޏެވެ.

މި ވީޑިއޯގައި މަނިކު ވަނީ ސައީދުގެ އަންހެނުން، އަޒޫއާ ގުޅުވާ ވެސް ވާހަކަތަކެއް ދައްކާފަ އެވެ. އެފަދަ ވާހަކަތަކެއް މަނިކު ފަދަ އާންމުންގެ ލޯތްބާއި އިތުބާރު އޮތް ފަންނާނަކު ދައްކާނެ ކަމާމެދު ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. ގިނަ ބަޔަކަށް އެ ވާހަކަތައް ވީ ހައިރާން ކުރަނިވި ވާހަކަތަކަށެވެ.

ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)

އެ ވާހަކަތަކާއި ގުޅިގެން އަޒޫ ބުނީ ރެއިން ފެށިގެން ހުއްޓުމެއް ނެތި އޭނާއަށް އުނދަގޫ ވާވަރަށް މީހުން ފޯނަށް ގުޅާ މެސެޖު  ކުރަމުންދާ ކަމަށެވެ.

"ބުނެލަން ބޭނުން ހިތްހެޔޮ ކަމާއެކީ ހާލު ބަލާލަން ގުޅާ އަދި މެސެޖު ކުރި އެންމެނަށް ތެންކިއު އޭ. އިރާދަފުޅުން ހަމަ ވަރަށް ބޮޑަށް އޯކޭއޭ އަހަރެން،"

އަޒޫ ބުނީ ކުރިއަށް އޮތްތާ ވެސް އޭނާގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ. އަދި އޭނާގެ ގޮތާއި އޭނާ އަކީ ކާކުކަން މީހުންނަށް ބުނެދޭން ނުޖެހޭނެ ކަމަށެވެ.

"އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ޕްރޫޕް ކޮށްދޭކަށް ނުޖެހޭނެ. އަހަރެން ހެއްދެވި ފަރާތާއި އަހަރެންގެ ގޮތް އެނގޭ މީހުންނަށް އިނގޭނެ އަހަރެންނަކީ ކާކުކަން،" ތުހުމަތުތަކާއި ގުޅޭ ގޮތުން އަޒޫ ބުންޏެވެ.

އަޒޫގެ އެ ސްޓޭޓަސް ނިންމާލީ "އެންމެން ދެކެ ވެސް ވަރަށް ލޯބިވޭ" ކަމަށް ބުނަމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މަނިކު ލައްވާ އެކަން ކުރުވީ ފިލްމީ ދާއިރާގެ ބަޔަކު އޭނާއަށް ހަގީގަތެއް ނެތް މައުލޫމާތުތަކެއް ދީގެންނެވެ. މަނިކު އެ ވާހަކަތައް ދެއްކީ އެކަމުގެ ހިތްހަަމަނުޖެހުމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.