ރަސްދޫ މަގުމަތީ ބަރަހަނާ ފިލްމެއް ކުޅުނު މައްސަލައެއް

އެ މީހުން ވަނީ ދެ ޖިންސު މަސްހުނުވެ ރަސްދޫގެ މަގުތަކާއި ބީޗުގަައި ވެސް އެފަދަ މަންޒަރުތައް ނަގާފަ އެވެ.

އއ. ރަސްދޫ

އއ. ރަސްދޫ މަގުމަތީ ބަރަހަނާ ފިލްމެއް ކުޅުނު މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށައިފި އެވެ.

އެ އަމަލު ހިންގީ ރަޝިޔާއަށް ނިސްބަތްވާ ބައެކެވެ. އެއީ ބަރަހަނާ އެފަދަ ފިލްމުތައް ކުޅޭ ގުރޭޕެކެވެ.

އެ މީހުން ވަނީ ދެ ޖިންސު މަސްހުނުވެ ރަސްދޫގެ މަގުތަކާއި ބީޗުގަައި ވެސް އެފަދަ މަންޒަރުތައް ނަގާފަ އެވެ. އެކަން ހާމަވީ އެ މީހުން އޭގެ ބައެއް މަންޒަރުތައް އާންމު ކުރުމުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ރަސްދޫ މަގުތަކާއި ބީޗުގައި ފަތުރުވެރީން ތަކެއް ބަރަހަނާ ފިލްމެއް ކުޅުނު މައްސަލަ އެއް އަދި އެފަދަ ޝަކުވާއެއް އެ އިދާރާއަށް ލިބިފައި ނެތް ކަމަށެވެ.

އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމުން މިފަދަ ފާހިޝް މުޑުދާރު އަމަލުތައް ކުރުމަކީ ރާއްޖޭގައި މަނާ ކަންކަމެވެ. ދިވެހީންގެ އިސްލާމީ އަގީދާއާ ކުޅެ ދީނާ ހިލާފު ކަންކަން ރާއްޖޭގައި އާންމުކޮށް "ނޮމަލައިޒް" ކުރުމަށް ރޭވިގެން ވެސް މިފަދަ އެތައް ކަމެއް ހިންގަން މަސައްކަތް ކުރެ އެވެ.

ކޮމެންޓް

1
450
ކެނެރީ ބިސް
1 week ago

ބަލަ އެމްޑީޕީގެ އަންނި ސަރުކާރުގަ ގެސްޓުހައުސް ވިޔަފާރިއަށް ވަކު އުސޫލެއްނެތި ހުއްދަ ދިނީ ތިކަހަލަ ކަންކަން އާންމުކުރަންށޭ...އޭނައަށް ހުރިހާ ކަމެއް ހުއްދަ ނުކުރެވިގެން އުޅެނިކޮށް ވެރިކަމުން ބޭލީނު... އެހެން ނޫނަމަ ބަރ ތައްވެސް ތި ރައްރަށުގެ ހުންނާނެ. ނަމުގަ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް...ބޯނީ ރަށުގެ ޒުވާނުން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.