މަދިރި ގިނަވާނެ ކަމަށް ބެލެވޭ، ޑެންގީ ފެތުރޭތީ ސަމާލުވާން އަންގައިފި

އެ އެޖެންސީން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ފެތުރޭ މިންވަރު އިތުރުވެ. މިއަހަރު ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާއިރު މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

މަދިރި ނައްތާލުމަށް ފޮގް ކުރަނީ: މަދިރި ގިނަވާނެ ކަމަށް ބެލެވޭ

ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގީ ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ރައްކާތެރިވެތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ޑެންގީ ޖެހުނު ދެ މީހަކު މަރުވެ އެ ހުމުގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު މާލެ އާއި އަތޮޅު ތަކުންވެސް އިތުރު ކަމަށެވެ. އެހެން ކަމުން ބަލި ޖެހޭނެ ކަންކަމުން ރައްކާތެރިވެ ސަމާލުވުމަށް ވަނީ އެދިފައެވެ.

އެ އެޖެންސީން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ފެތުރޭ މިންވަރު އިތުރުވެ. މިއަހަރު ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާއިރު މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

ޑެންގީ ޖެހެނީ އީޑީސް މަދިރީގެ ސަބަބުންނެވެ. އެ މަދިރި އަކީ ސާފު ފެނުގައި އުފެދޭ އެއްޗެއް ކަމުން މަދިރި އެފެދޭނެ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަަވަޅު އެޅުމަށް ވަނީ އެދިފައެވެ.

ޑެންގީގައި އިއްޔެ މަރުވީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާއި 21 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާއަކީ ރ. އަތޮޅު ދުވާފަރަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވީ ޑެންގޫ ޖެހި ހާލު ބޮޑުވެގެން ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

ޑެންގޫ ދެން މަރުވި ނުވަ އަހަރުގެ އަންހެން ކުއްޖާއަކީ ލ. އަތޮޅު ފޮނަދޫ ކުއްޖެކެެވެ. ޑެންގޫ ޖެހި ހާލު ސީރިއަސްވުމުން ގަން ރީޖަނަލް ހޮސްޕިޓަލުން މާލެ ފުރުވާލައި އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އެވެ. ކުއްޖާ މަރުވީ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ވެސް ލާފައި އޮއްވައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.