ރޭސިން އަދި ޑްރިފްޓިން ޓްރެކު އެޅުމަށް ބިމެއް ހަމަޖައްސަން އެދިއްޖެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ރޭސިން ޓްރެކާއި ޑްރިފްޓިން އެރީނާާއަށް ބޭނުންވާ ބިން ހަމަަޖެހޭހައި އަވަހަކަށް އެ ދެ ތަން ގާއިމުކުރުމަށް ހިންގަން ނިންމާފައިވާ މަޝްރޫއު ސަރުކާރުން ފަށާނެ އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ފޮޓޯ: ރައީސް އޮފީސް

ރޭސިން އަދި ޑްރިފްޓިންއަށް ބޭނުންވާ ޓްރެކު އެޅުމަށް ބިމެއް ހަމަަޖެއްސުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ ކޮންމެ ކުޅިވަރެއްވެސް ކުޅޭ ތަނަކީ ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އެ ކުޅިވަރެއް ކުޅޭ މީހުންނާއި ކުޅިވަރު ބަލަންދާ މީހުންނަށް ރައްކާތެރި ތަނެއް ކަމުގައި ވާންވާނެ ކަމަށެވެ. 

ރާފިއު އިތުރަށް ވިދާޅުވީ މިހާރު ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓިން ހަރަަކާތްތައް ބާއްވަމުންދާ ތަނަކީ އެކަމަށް އެންމެ ރައްކާތެރި އެކަށީގެންވާ ތަނެއްތޯ ބެލުމަށް މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

ރޭސިން އަދި ޑްރިފްޓިންއަށް ހާއްސަ ޓްރެކެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ޓްރެކެއް ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. 

އޭގެ އިތުރަށް ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ތިލަފުށިން ހޯދުމަށް ހަައުސިން މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމުގައި ރާފިއު ވިދާޅުވި އެވެ. އޭގެ އިތުރަށް ވަކިން ޑްރިފްޓިންއަށް ބޭނުންވާ ބިމެއް ހަމަޖަައްސައި ޑްރިފްޓިން އެރީނާއެއް ގާއިމުކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ރޭސިން ޓްރެކާއި ޑްރިފްޓިން އެރީނާާއަށް ބޭނުންވާ ބިން ހަމަަޖެހޭހައި އަވަހަކަށް އެ ދެ ތަން ގާއިމުކުރުމަށް ހިންގަން ނިންމާފައިވާ މަޝްރޫއު ސަރުކާރުން ފަށާނެ އެވެ. 

މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެން ރައީސް މުއިއްޒުވަނީ މާލެ ސަރަހައްދުގައި ހުޅުމާލޭގައި ވަކި ސަރަހެއް ރޭސިން އަދި ޑްރިފްޓިންގެ ހަރަކާތްތައް ބޭއްވުމަށް ކުރީ ސަރުކާރުން ދީފައި އޮތް ހުއްދަ ބާތިލުކުރަން ނިންމަވާފަ އެވެ. އެޗްޑީސީން އެ ހުއްދަ ބާތިލުވެސްކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.