ޝިއުނާއާ މަލްޝާ އިސްތިއުފާ ދެއްވައިފި

އެ ދެ ބޭފުޅުން ވެސް "ދަ މިރާ" އަށް އެކަން ކަށަވަރު ކޮށް ދެއްވި އެވެ. ވިދާޅުވީ "އިސްތިއުފާ ދެއްވުމުގައި ވަކި ސަބަބެއް ނެތް" ކަމަށެވެ.

މަލްޝާ އާއި ޝިއުނާ: މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި

ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ތިއްބެވިި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެ ދެ ބޭފުޅުން ވެސް "ދަ މިރާ" އަށް އެކަން ކަށަވަރު ކޮށް ދެއްވި އެވެ. ވިދާޅުވީ "އިސްތިއުފާ ދެއްވުމުގައި ވަކި ސަބަބެއް ނެތް" ކަމަށެވެ.

މި ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވެވީ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރައްވާ ސަަަސްޕެންޝަނުގައި ތިއްބަވާތާ އަށެެއްކަ މަސް ފަހުންނެވެ.

އެ ފިޔަވަޅު އެޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް އެކްސް ގައި ކޮމެންޓް ކުރުމާއި ގުޅިގެންނެވެ. ޝިއުނާއާ މަލްޝާގެ އިތުރުން ޔޫތުގެ ނާއިބަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދު ވެސް ސަަސްޕެންޑް ކުރި އެވެ.

މިދިޔަ ދިގު މުއްދަތުގައި އެ ފިޔަވަޅު އުވައެއް ނުލައްވަ އެވެ. އަދި އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާތީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ.

މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު --

ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް، މާލެ ސިޓީ ކައުންސިލްގެ ކުރީގެ މީޑިއާ އެކްޒެކްޓިވް އަދި ތަރުޖަމާނު މަރިޔަމް ޝިއުނާ އަދި އެ ކައުންސިލްގެ ކުރީގެ މީޑިއާ އޮފިސަރު މަލްޝާ ޝަރީފް އައްޔަނު ކުރެއްވީ ނޮވެންބަރު 26، 2023 ގަ އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒަށް ކެމްޕޭނު ކޮށްދިނުމުގައި އެންމެ އިސް ސަފުން ވެސް މި ދެ ބޭފުޅުން ފެނިގެން ގޮސްފައިވެ އެވެ.

ޝިއުނާ އަކީ ސިޓީ ކައުންސިލްގެ ވަޒީފާއަށް ބަދަލުވުމުގެ ކުރިން ގިނަ ދުވަސް ވަންދެން މީޑިއާގައި މަސައްކަތް ކުރެއްވި ނޫސްވެރިއެކެވެ. އެގޮތުން ދިވެހި ޗެނެލް އަދި ސަންގު ޓީވީގައި މަސައްކަތް ކުރެއްވި އެވެ.

މަލްޝާ ވެސް ވަނީ ކުރިން މީޑިއާ ދާއިރާގެ މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ މާކެޓިން އެންޑް ސޯޝަލް މީޑިއާ އޮފިސަރެއްގެ މަގާމު ފުރުއްވާފައިވެ އެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި އެ ލެވެލްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މަހަކު 30،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.