މެލޭޝިޔާއިން 561 ސްކޮލާޝިޕް، މަަތީ ތައުލީމު ކުރެއެރުވުމަށް އެއްބަސްވުމެއް

މި އެއްބަސްވުމުގެ މަަގުސަދެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުމެވެ.

މެލޭޝިޔާއިން ދިވެހިރާއްޖެއަށް 561 ސްކޮލާޝިޕު ފުރުސަތު ދިނުމާއެކު، މަތީ ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ދެމެދުގައި ގާއިމުކުރި އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ އެވެ.  

މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ.

މި އެއްބަސްވުމުގެ މަަގުސަދެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުމެވެ. 

އެ އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގައި ބަޔާންކުރާ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން މަތީ ތައުލީމު ހާސިލުކުރުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީގެ ގޮތުގައި ޑިސްކައުންޓެއް ދިނުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވެ އެވެ. 

އެ އެއްބަސްވުމުގެ ދަށުން 561 ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވައިލާފައިވެ އެވެ. އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތައް ދާއިރާއަކުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. 

މެލޭޝިޔާާއަކީ މިހާރު ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ދާ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އެއްފަހަރާ އެ ގައުމެއްގައި ކިޔަވަމުންދާ ގައުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.