ޔޫޒަަބަލް ރިޒާވް އިތުރުވި ގޮތް ބުނެދޭންޖެހޭ: ޔާމީން

"މިއޮތީ ޓޫރިޒަމް ސީޒަން ނިމިފައި. ބޭރުގެ ފައިސާ އިތުރުވާނެ އެއްވެސް އިންވެސްޓުމެންޓެއް މިތާކު ނުހިނގާ. އެމްއެމްއޭއިން ޔޫޒަބަލް ރިޒާވް އިތުރުވެއްޖެކަމަށް ބުނާނަމަ އެމީހުން ބުނެދޭންޖެހޭ ކިހިނެއްކަން އިތުރުވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ދައުލަތުގެ ބޭރު ފައިސާގެ ޔޫޒަބަލް ރިޒާވް ހުސްވުމާ ގާތަށް މަދުވުމަށްފަހު އިތުރުވި ގޮތް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެދޭންޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ރޭ އޮތް ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދޭތެރެއިން ޔޫޒަބަލް ރިޒާވް ވަރަށް ބޮޑަށް ހީނަރުވި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވް ހީނަރުވި ވާހަކަދައްކަވަނީ އެކަމާ އުފާފުޅުވެގެން ނޫންކަމަށާއި، އެވާހަކަ ދައްކަވަނީ އެކަމުގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ އެމްއެމްއޭގެ ބާރުގެ ދަށުގައި ހުރި ފަންޑުތަކުން ރިޒާވްއަށް ފައިސާ ބަދަލުކޮށްފައި ރިޒާވްގައި ހުރި ފައިސާ އިތުރުވެއްޖެކަމަށް ބުނި ނަމަވެސް އެއީ ޔޫޒަބަލް ރިޒާވް އިތުރުވުންކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ފަތުރުވެރިކަން ދަށްވެފައިވާއިރު، ބޭރު ފައިސާގެ އާމުދަނީ އިތުރުވާނެ އިންވެސްޓުމެންޓެއް ރާއްޖޭގައި މިވަގުތު ހިނގަމުންނުދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ހާލަތެއްގައި ބޭރު ފައިސާގެ ރިޒާވް ރަނގަޅުވި ގޮތް ބުނެދޭންޖެހޭނެ ކަމަށެވެ. 

"ސެންޓްރަލް ބޭންކަކީ ސިޔާސީ ވާހަކަދައްކާ ބައެއް ނޫން. ސެންޓްރަލް ބޭންކު ވެގެންނުވާނެ ސިޔާސީ ތަނަކަށް. ސެންޓްރަލް ބޭންކުގެ [ޒިންމާާއަކީ] ގައުމުގެ މާލީ ހާލަތު ތެދުވެރިކޮށް ބުނެދިނުން،" ރައީސް ޔާމީން ވިދާޅުވި އެވެ. 

"މިއޮތީ ޓޫރިޒަމް ސީޒަން ނިމިފައި. ބޭރުގެ ފައިސާ އިތުރުވާނެ އެއްވެސް އިންވެސްޓުމެންޓެއް މިތާކު ނުހިނގާ. އެމްއެމްއޭއިން ޔޫޒަބަލް ރިޒާވް އިތުރުވެއްޖެކަމަށް ބުނާނަމަ އެމީހުން ބުނެދޭންޖެހޭ ކިހިނެއްކަން އިތުރުވީ،"

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުން ރިޒާވްއަށް ފައިސާ ނަގާފައިނުވާކަން އެމްއެމްއޭއިން ޔަގީންކޮށްދޭންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިޒާވްގެ ވާހަކަ ބަޔާންކޮށްދޭއިރު، އެސްޑީއެފްގެ ހާލަތުވެސް މަރުކަޒީ ބޭންކުން ބަޔާންކޮށްދޭންޖެހޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.