ނުގަވާއިދުން އުޅޭ ބިދޭސީންނަށް ކެއުމާއި ނިދުން ހަމަަޖައްސައިދޭ މީހުންނަށް ފިޔަވަޅު އަޅަނީ

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާނީ އިމިގުރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންނަށް ކެއުންބުއިމާއި ނިދުން ހަމަޖައްސައިދޭ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައިވާ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގުރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ. 

މިފަދައިން ޝަމްއާން ވިދާޅުވީ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޝަމްއާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އަދި ރައީސްގެ އިރުޝާދުގެ ދަށުން އިމިގުރޭޝަނުން ފަށާފައިވާ ގާނޫނު ތަންފީޒުކުރުމުގެ ހާއްސަ މަސައްކަތްތަކުގެ ތެރެއިން އާންމު ސިއްހަތުގެ ރަައްކާތެރިކަމަށާއި، ސަލާމަތަށް ނުރައްކާވާ ގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާނީ އިމިގުރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ. 

ޝަމްއާން ހަވާލާދެއްވި އިމިގުރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރަަނީ އިމިގުރޭޝަން ގާނޫނުގައި ބަޔާންވެގެންވާ ގޮތާ ހިލާފަށް ކަމެއް ކުރުމާއި، އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ ކުށެއް ކަމަށެވެ. 

އަދި އެ މާއްދާގައި ބަޔާންކުރާ ކުށަށް ދިވެއްސަކު އަރައިގަނެފިނަމަ 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު އެމީހެއްގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް އިމިގުރޭޝަނަށް އޮންނާނެ އެވެ. ބޭރު މީހަކުނަމަ އެމީހެއްގެ އަދަބެއްގެ ގޮތުގައި 15،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

ގަވާއިދާަ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަަތައް ރިޕޯޓުކުރުމަށް އިމިގުރޭޝަން ވޮޗްގެ ނަަމުގައި ހާއްސަ ޕޯޓަލެއް އިމިގުރޭޝަނުން ތައާރަފުކޮށްފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުންނާމެދު ފިޔަވަޅުއެޅުމަށް އިމިގުރޭޝަނުން އަންނަަނީ ގިނަ މސައްކަަތްތަކެއް ކުރަމުންނެވެ. 

އިމިގުރޭޝަނުން ފެށި މަސައްކަަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ 3،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވެ އެވެ. އަދި ބިދޭސީން ހިންގަމުން އައި ވަރަށް ގިނަ ވިޔަފާރިތައް ހޯދައި ފުލުހުންނާއި އިމިގުރޭޝަނުން ބަންދުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.