ރަށް އިސްތިހާރު ކުރަން ކައުންސިލްތަކަށް ތައިލެންޑުގައި ޓޫރިޒަމް ފެއާއެއް

ކައުންސިލްތަކަށް ބާއްވާ މި ޓޫރިޒަމް އިވެންޓް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅު ސެންޓްރަލް ވޯލްޑުގަ އެވެ.

ސެންޓްރަލް ވޯލްޑުގައި ބާއްވާ އިވެންޓުގެ ކުރެހުމެއް

ރާއްޖޭގެ ކޮންމެ ރަށަކީ ވަކި މަންޒިލެވެ. ވަކި ހާއްސަ ސިފަތަކެއް ހުރި ތަންތަނެވެ. ނަމަވެސް އެ ރަށްތައް ވަކި މަންޒިލުތަކެއްގެ ގޮތުގައި އިސްތިހާރުކޮށް ޕްރޮމޯޓުކުރެވިފައިނުވެ އެވެ. ސަބަބަކީ ކައުންސިލްތަކަށް އެކަމަށް ފުރުސަތު ނެތުމެވެ. އެކަމަކު އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އައިލެންޑް އެޑްވަޑައިޒިން (އެމްއައި އެޑްވަޑައިޒިން) އިން މިވަނީ ތައިލެންޑުގައި ކައުންސިލްތަކަށް ރަށްތައް އިސްތިހާރު ކުރަން އިވެންޓެއް ބާއްވަން ނިންމާފަ އެވެ. 

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި އިވެންޓަކީ ރާއްޖޭގެ ކައުންސިލްތަކަށް ހާއްސަކޮށްގެން ޑެސްޓިނޭޝަންގެ ގޮތުގައި ވަކިވަކި ރަށްތައް ބޭރު ދުނިޔޭގައި އިސްތިހާރު ކުރަން ފަށާ ހަރަކާތެކެވެ. މި އިވެންޓު ބާއްވަން ނިންމާފައިވަނީ ތައިލެންޑުގެ އެންމެ ގިނަ މީހުން ޖަމާވާ އެެއް ޝޮޕިން މޯލް ކަމަށްވާ ސެންޓްރަލް ވޯލްޑުގަ އެވެ. 

ކައުންސިލް ޓޫރިޒަމް އިވެންޓް

  • އިވެންޓް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 23 އިން 25 އަށް
  • މި ދުވަސް ވަރަކީ ތައިލެންޑުގައި އެންމެ ހެޕަނިން ދުވަސްވަރު

މި އިވެންޓު އޮންނަ ދުވަސް ވަރަކީ ތައިލެންޑުގައި އެންމެ ގިނަ ހަރަކާތްތައް ހިންގާ ޗައިނީސް ނިއު އިޔާ ފާހަގަކުރާ ދުވަސްވަރެވެ. އެހެންވެ ރާއްޖޭގެ އެފޯޑަބަލް ޓޫރިޒަމްގައި ހުރި ގިނަ ފުރުސަތުތަކެއް މި އިވެންޓު މެދުވެރިކޮށް ގިނަ ބަޔަކަށް އެނގިގެންދާނެ އެވެ. 

މި އިވެންޓު އިންތިޒާމު ކުރާ ކުންފުނިން ވަނީ ތައިލެންޑުގެ މީޑިއާގައި މި އިވެންޓް އިސްތިހާރުކޮށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން މި އިވެންޓަށް އުފެދޭނެ ގޮތް ބަލައި އިންވެސްޓަރުންނާއި ކައުންސިލްތަކާ ގުޅުވާލަން ނިންމާފަ އެވެ. މި އިވެންޓް ކުރިއަށްދާއިރު ތައިލެންޑުގެ އިވެންޓް ޕާޓްނަރެއްގެ ގޮތުގައި ޑޫލައިން ހަރަކާތްތެރިވާނެ އެވެ. އިވެންޓު ބޭއްވުމަށްޓަކައި ސެންޓްރަލް ވޯލްޑާއެކު މިހާރު ވަނީ ސޮއިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.