ދޫހިމިރީގައި ރޯވުން: 37 މީހަކު ހާލު ގައި ޖެހިއްޖެ

އެންޑީއެމްއޭ އިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 22 ދިވެހީންނާއި 15 ބިދޭސީންނެވެ. އެ މީހުންނަށް މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަލިފާން ރޯވި ސަރަހައްދުގައި އެންޑީއެމްއޭގެ އޮފިޝަލަކު ހަރަކާތްތެރި ވަނީ

މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނެޝަަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާން ރޯވެފައި ވަނީ ގާމަގު ކެފޭ ހުންނަ ހ. ދޫހިމިރިގޭގަ އެވެ. 

އެންޑީއެމްއޭ އިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 22 ދިވެހީންނާއި 15 ބިދޭސީންނެވެ.

އެ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން މިހާރު ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

މިއަދުގެ ހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބި ވަރަށް ބޮޑަށް އަނދާފައިވެ އެވެ.

އަލިފާން ނިއްވާލެވުނީ ވަރަށް ގިނަ އިރުގެ މަސައްކަތުންނެވެ. އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރަން ފޯމް ވެސް ބޭނުން ކުރި އެވެ.

މިރޭ ވެސް އަލުން އެ އިމާރާތުގައި ރޯވެގެން ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.