މަނިކު ހިތްހަމަނުޖެހިއްޖެ؛ 21 އަހަރު އިނދެގެން އުޅެވުނީ މައްސަލައެއް ނެތީމަ

ފިލްމީ ދާއިރާގައި ދިވެހީންގެ މެދުގައި އެންމެ މަގުބޫލު ޖޯޑަކީ މަނިކު-ޝީލާ އެވެ. އެ ދެ މީހުންނަކީ މި ދާއިރާ ގައި އެންމެ ހަމަޖެހޭ / ރީތި ދިރިއުޅުމެއް އުޅެމުންދާ ދެމަފިރީންނެވެ.

ފިލްމީ ތަރީން ކަަމަށްވާ މަނިކު އާއި ޝީލާ: މިއީ ފިލްމީ ދާއިރާގައި އެންމެ ލާމަސީލު ދެމަފިރީން

ފިލްމި "ބިބީ" ގެ ޕްރޮމޯޝަނަލް އިންޓަވިއު އެއްގައި ފިލްމީ ތަރި އަހްމަދު ސައީދު ދެއްކި ވާހަކަތަކަކާއި ގުޅިގެން ފިލްމީ ތަރި މުހައްމަދު މަނިކު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ސައީދުގެ ވާހަކަތަކަށް ރަައްދު ދީފި އެވެ.

އިންޓަވިއުގެ ތެރޭން ސައީދު ވަނީ ދެތީން ފިލްމެއް ގައި އެކުގައި ޝީލާއާ އެކު މަސައްކަތް ކުރުމުން މަނިކު މިހާރު އެހާ ބޮޑަށް ވާހަކަ ނުދައްކާ ކަމަށެވެ.

"ޝީލާއާއެކު މި ދެތީން އެތި [ދެތީން ފިލްމު] ކުޅުނު ފަހުން މަނިިކު މިހާރު އެހާ ބޮޑަކަށް ވާހަކައެއް ނުދައްކާ. އެހެންވީމަ އެކަމާ އެއްޗެއް ބުނެލަން ބޭނުންވޭ. މަނިކުއޭ! އެއްގޮތަކަށް ވެސް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީ. މަނިކު ވާނެ އޭ އަހަރެމެންނަށް އިތުބާރު ކުރަން،" ވަރަށް ބޮޑަށް ވައިރަލްވި އެ ވީޑިއޯ ގައި ސައީދު ބުންޏެވެ.

މަނިކު ވަނީ އޭނާގެ ފޭސްބުކުގައި ވީޑިއޯއެއް ހިއްސާކޮށް އެ ވާހަކަތަކަށް ރައްދު ދީފަ އެވެ. މަނިކު ބުނީ އެ ވާހަކަ ދައްކަން ޖެހުނީ އެއީ ތެދު ވާހަކައެއް ކަމަށް ހީވެ ވަރަށް ގިނަ މީހުން "ނެގެޓިކް" ކޮމެންޓްތައް ކޮށްފައިވާތީ ކަމަށެވެ. އަދި ޝިލާއާ ގުޅުން ކެނޑުނީތޯ ސުވާލުކޮށް ވަރަށް ގިނަ ރަހްމަތްތެރީން މެސެޖުކޮށް ފޯނު ކުރަމުންދާތީ ކަމަށެވެ.

އެފަދަ ކަމެއް ފިލްމީ ދާއިރާގެ ބަޔަކު ކުރުމުން ވަރަށް ވަރަށް ދެރަވެއްޖެ ކަަމަށް ވެސް ބުންޏެވެ.

"ފިލްމެއްގެ ޕްރޮމޯޝަނަށް ވެސް މީހަކު ކޮށްގެން ނުވާނެ ކަންކަން ކޮށްފައި އެހުރީ. ޓާކްރެއިން އިން އެކަން ކުރީތީވެ ވަރަށް ދެރަވެއްޖެ،"

މަނިކު ބުނީ ސައީދަށް ކުރެވުނޫ ކުށް ހީއެއް ކަމަށެވެ. އަދި އޭނާ އަކީ ސައީދުހެން "ބިރު" އަތަށް ލައިގެން އުޅޭ މީހެއް ނޫން ކަމަށް ބުންޏެވެ.

"ހަގީގަތަކީ އަހަރެމެންގެ ދިރިއުޅުމުގައި ނޯންނާނެ އެއްވެސް ކުންޏެއް. އެހެންވީމަ 21 އަހަރު ވަންދެން އެކުގައި އިނދެގެން މި އުޅެވެނީ،" ޝީލާއާ އެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މަނިކު ބުންޏެވެ.

ފިލްމީ ދާއިރާގައި ދިވެހީންގެ މެދުގައި އެންމެ މަގުބޫލު ޖޯޑަކީ މަނިކު-ޝީލާ އެވެ. އެ ދެ މީހުންނަކީ މި ދާއިރާ ގައި އެންމެ ހަމަޖެހޭ / ރީތި ދިރިއުޅުމެއް އުޅެމުންދާ ދެމަފިރީންނެވެ. ވަރަށް ގިނަ ބަޔަކު އެކަން ފާހަގަ ކުރެ އެވެ. ވަރަށް މުރާލި މީހުންނާއި ގުޅޭ މި ދެމަފިރީންގެ ދިރިއުޅުމުގެ ވާހަކަތަކަށް ގިނަ ބަޔަކު ވަރަށް ޝައުގުވެރިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.