އޭޖީ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް ސުލްތާނާ

ސުލްތާނާ ވަނީ 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރާފަ އެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސުލްތާނާ ޝާކިރު ހަމަޖެއްސުން: ކުރީން ވެސް އެ މަގާމު ފުރި

ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސުލްތާނާ ޝާކިރު އައްޔަނު ކޮށްފި އެވެ.

ސުލްތާނާ، ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައެވެ. އެކަމުގެ ލިޔުން އޭނާއާ ހަވާލުކޮށް ދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް އެވެ. 

ސުލްތާނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަ ކޮށްފަ އެވެ. އަދި މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން މާސްޓާ އޮފް ޕަބްލިކް ޕޮލިސީ ހާސިލުކޮށްފައިވެ އެވެ.

އޭނާ ވަނީ ސަރުކާރުގެ ބައެއް އޮފީސްތަކާއި ޝަރުއީ ދާއިރާގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުގައި ހިންގުމުގެ ދާއިރާ ގައި މަސައްކަތް ކޮށްފަ އެވެ. ސުލްތާނާ ވަނީ 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރާފަ އެވެ. އޭނާ އެންމެ ފަހުން ހުރީ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.