އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް، 200 ހެކްޓަރު ދަނޑުވެރިކަމަށް

މިނިސްޓަރު ރަމީލާ ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އެގްރިވަޒީރު ޑރ. އައިޝަތު ރަމީލާ --

އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިކޮނޮމިން ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ޑރ. ރަމީލާ މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ރަމީލާ ވިދާޅުވީ އުތުރު ތިލަފަޅުން 200 ހެކްޓަރު ބިން ދަނޑުވެރިކަމަށް ހާއްސަކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 100 ހެކްޓަރުގެ ބިމުގައި ގްރީންހައުސްތަކެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި އަނެއް 100 ހެކްޓަރު ބިމުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ބިމު އަޑިއަށް ފައިބާ ބާވަތްތަކުގެ ތެރެއިން ފިޔާ، އަލުވި ފަދަ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭ ބާވަތްތައްކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ މިހާރު މި ޕްރޮޖެކްޓު އެކުލަވާލުމުގެ މަސައްކަތް ނިންމާފައި. އަދި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ޓައިމްލައިންވެސް އެކުލަވާލައި ނިންމާފަ ވާނީ. ދެން މިކަމަށް ބޭނުންވާ ބިން ހިއްކުމުގެ އީއައިއޭ ތައްޔާޜުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. މިއީ މި ސަރުކާރުން ހިންގާ އެންމެ އުއްމީދީ ޕްރޮޖެކްޓަށް ވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ރަމީލާ ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ އަދި އިޖުތިމާއީ މައްސަލަތަކުގެ ހައްލާއި ގުޅިފައިވާ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އުތުރު ތިލަފަޅު އެކަމަށް ހާއްސަ ކުރައްވާނެ ކަމަށް މީގެ ކުރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ކާނާގެ ރައްކާތެރިކަމާއި އިގުތިސާދު ހަރުދަނާ ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޑރ. ރަމީލާ ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ރާއްޖެއިން ތާޒާ ކޮލިޓީ ރަނގަޅު ކާނާ ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ޗައިނާގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.