ތިނަދޫގެ ސާފިން ހަޓް ހުޅުވައިފި

މި ޕްރޮޖެކްޓަކި 2023 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި "މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް" ގްރާންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ފޮޓޯ: ޔޫތު މިނިސްޓްރީ

ތިނަދޫ ސިޓީގައި ހުވަދޫ ރެކްރިއޭޝަނުން ގާއިމްކުރި ސާފިން ހަޓް ހުޅުވައިފި އެވެ.

މި ޕްރޮޖެކްޓަކި 2023 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި "މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް" ގްރާންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

މި ހަޓް ހުޅުވައި ދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާން އަދި ތިނަދޫގެ މޭޔަރު ސައުދު އަލީ އެވެ.

ޔޫތު މިނިސްޓްރީގެ ގްރާންޓްގެ ދަށުން މި ޕްރޮޖެކްޓްއަށް 245،000 ރުފިޔާގެ ފައިސާގެ އެހީ ވަނީ ދީފަ އެވެ. އަދި ހުވަދޫ ރެކްރިއޭޝަން ޖަމްއިއްޔާގެ ފަރާތުން އެހެނިހެންގޮތުން ހޯދި އެހީއާއެކު ޕްރޮޖެކްޓައަށް 35،000 ރުފިޔާ ހަރަދުކުރިއިރު މި ޕްރޮޖެކްޓަށް ޖުމްލަ 280،000 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ސާފިން ހަޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް  މިނިސްޓަރު ޝައްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ބާރުވެރިކުރުވުންކަން ފާހަގަކުރައްވާ ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފެދި އެމިނިސްޓްރީގެ ދަށުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ޒުވާނުންގެ ހުނަރާއި ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގެ އެކި ކަންކަމުގައި ފުޅާކުރުން ކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޒުވާނުންގެ މިނިސްޓަރު އިބްރާހިމް ވަހީދުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ކަންކަން ރާވައި ހިންގަމުންދާއިރު ތިނަދޫގައި މިފަދަ ހަޓެއް އެޅުމުން ދައްކައިދެނީ ޒުވާނުން މުޖުތަމައުގެ ތަރައްގީގައި ބައިވެރިވާން ބޭނުންވާ މިންވަރު ކަމަށް ޝައްމާން ވިދާޅުވި އެވެ.

ތިނަދޫގައި ހުޅުވި މި ހަޓާއެކު ތިނަދޫގެ ސާފިން ސަރަހައްދު އިތުރަށް ތަރައްގީކުރުމަށްޓަކައި ރަށުގެ ކައުންސިލާއި ގުޅިގެން ޒުވާނުން އިތުރަށް މަސައްކަތް ކުރުމަށް ސްޓޭޓް ޝައްމާން ބާރު އެޅުއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.