އެއްލައިލި ސިނގިރެޓު ފޮށްޓަކުން ފެނުނީ ޑައިމޯފިން، އުމުރަށް ޖަލަށް

ފުލުހުން އެ ވަގުތު ސިފާހު ހިފަހައްޓައި އޭނާ އެއްލައިލި ސިނގިރެޓު ފޮށި ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން 9.3124 ގުރާމްގެ ޑައިމޯފިން ހުރި 95 ރަބަރު ޕެކެޓު ފެނުނު ކަމަށެވެ.

މަގުމަތީގައި ފުލުހުން ހަރަކާތްތެރި ވަނީ

ލޯގަނޑު ނެތި ސައިކަލެއެއް ދުއްވަނިކޮށް ހުއްޓުވުމުން، ނަގައި އެއްލައިލި ސިނގިރެޓު ފޮށްޓަކުން ޑައިމޯފިން ފެނި، ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައިވަނީ، ކ. މާލެ، މއ. ސިޓީވިލާ، ހަސަން ސިފާހުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން ކޮށްފައިވާ މި ހުކުމުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރޭ އެމްޑަބްލިއުއެސްސީ ކައިރިން، ލޯގަނޑުނެތް ސައިކަލެއް ސިފާހު ދުއްވަމުންދަނިކޮށް އެ ވަގުތު އެ ސަރަހއްދުގައި ތިބި ފުލުހުން އޭނާ ހުއްޓުވި ކަމަށެވެ. އަދި ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް މަލްބަރޯ ސިނގިރެޓު ފޮށި ނަގައި އެއްލާލައި ފިލަން މަސައްކަތް ކުރި ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ފުލުހުން އެ ވަގުތު ސިފާހު ހިފަހައްޓައި އޭނާ އެއްލައިލި ސިނގިރެޓު ފޮށި ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން 9.3124 ގުރާމްގެ ޑައިމޯފިން ހުރި 95 ރަބަރު ޕެކެޓު ފެނުނު ކަމަށެވެ. 

ސިފާހުގެ މައްޗަށް ކުރި މި ދައުވާއަށް އޭނާ ވަނީ އިންކާރުކޮސްފައެވެ. އަދި އެއީ އޭނާ އާއި އެއްވެސް ގުޅުމެއް އޮތް ސިނގިރެޓު ފޮއްޓެއް ނޫން ކަމަށްވެސް އޭނ ާވަނީ ބުނެފައެވެ. އެހެން ނަމަވެސް ފުލުހުން އޭނާ ހުއްޓުވީ ޖިނާއީ ކުށެއްގައި ނޫން ކަމަށާއި ލޯގަނޑު ނެތި ސައިކަލް ދުއްވުމުން ކަމަށްވެފައި، އޭނާ ސައިކަލު މަޑުކޮށްފައި ފުލުހުން އަންނަން ފެށުމުން އަތުގައި އޮތް ސިނގިރެޓު ފޮށި އެއްލާލައި ދުވެފައި ފިލަން މަސައްކަތް ކުރި ކަން އެވަގުތު އެ ސަރަހއްދުގައި ތިބި ދެ ފުލުހުންގެ ހެކި ބަހުން އެނގޭ ކަމަށް ހުކުމުގައިވަނީ ބުނެފައެވެ. އެހެން ކަމުން އޭނާ އާ މެދު ޝައްކުވެ އޭނާގެ ހާޒިރުގައި ސިނގިރެޓު ފޮށި ބަލައި ފާސްކުރެވުނުއިރު، އޭގައި މްސަތުވާތަކެތި ހުރިކަން ސިފާހުއަށް އެނގޭކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުންނަ މީހެއްގެ އަތުން 14 ގުރމަށްވުރެ އިތުރަށް އަދި މަސްތުވާތަކެއްޗަށް ދެވި ނުހިފާ މީހެއްގެ އަތުން ހަތަރު ގުރާމަށްވުރެ އިތުރަށް މަަސްތުވާތަކެތި ފެނިއްޖެ ނަމަ ޓްރެފިކިން މިންގަނޑަށް ފެތޭނެއެވެ. އަދި މިފަދަ މައްސަލަތަކުގައި ކުށް ސާބިތުވެއްޖެ ނަމަ އޮންން އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދެމެދުގެ އަގަކުން ޖޫރިމަނާކުރުމެވެ.

ހުކުމުގައިވާ ގޮތުން ސިފާހު އަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ނުވާ މީހެއްކަން ސާބިތުވެއެވެ. އެހެން ކަމުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކިރި ކަމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ކަނޑައަޅާއި ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް މި މައްސަލަ އާޢި ގުޅިގެން ސިފާހު އެއް މަސްދުވަސް ބަންދުގައި ހުރުމުން އެބައި ކަނޑާލުމަށްފަހު 24 އަހަރާއި 11 މަސްދުވަހު ޖަލުގައި ބަންދުކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާއަށްވާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.