ޔާންބެއަށް އެހީވާން ޓިކްޓޮކް ތަރީން ހިންގި ލައިވުން ދެ ލައްކަށް ވުރެ ގިނަ ރުފިޔާ

ދިވެހި ބޮޑީބިލްޑާ މުހައްމަދު ޔާމީން (ޔާންބެ)

އެންމެ ފަހުން އޮތް މިސްޓާ މޯލްޑިވްސް މުބާރާތުގެ ޓައިޓަލް ހޯދި ދިވެހި ބޮޑީބިލްޑާ މުހައްމަދު ޔާމީން (ޔާންބެ) ގެ ދެ ކިޑްނީ ފެއިލްވެ ފަރުވާ ކުރިއަށް ގެންދިއުމަށް އާއްމުންގެ އެހީތެރި ކަމަށް އެދުމާއި ގުޅިގެން ދިވެހި ޓިކްޓޮކް ތަރީން މިރޭ ކުރިއަށް ގެންދިޔަ ފަންޑްރެއިސިން ހަރަކާތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ. 

ޓިކްޓޮކް ގައި މަޝްހޫރު ބައެއް ތަރީން އިސްނަގައިގެން މިރޭ ކުރިއަށް ގެންދިޔަ ލައިވް ގައި އެތައް ސަތޭކަ ބަޔަކު ވަނީ ޔާންބެ އަށް އެެހީތެރިވެ ދީފަ އެވެ. ވަރަށް ގިނަ ބަޔަކު ބެލި މި ލައިވް ގައި 210،308.28 ރުފިޔާ ވަނީ ލިބިފަ އެވެ. އަދި 1،382 ޑޮލަރު ވަނީ ލިބިފަ އެވެ.

ބޭސްފަރުވާ އަށް އެހީތެރިވުމަށް ޓިކްޓޮކް ގައި ކުރިއަށް ގެންދާ ލައިވްތަކުގައި އަބަދުވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދަ އެވެ.

ޔާންބެ ބުނީ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ ކާމިޔާބީއަށް ފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުން ޓެސްޓްތައް ހެދުމުން ކިޑްނީ ފެއިލްވެފައިވާ ކަން އެނގުނު ކަމަށާ ދެ ކިޑްނީ ވެސް ފެއިލްވެފައި ވުމުން ވަގުތުން ފަރުވާ ފެށި ކަމަށެވެ.

ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނެތް ކަމަށެވެ. އެހެން ކަމުން ޑޮކްޓަރުންގެ އިރުޝާދާ އެކު މިވަގުތު ފޯކަސް ހުުރީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެއީ ވަރަށް ހަރަދު ބޮޑު ފަރުވާއެއް ކަމުން އާންމުންގެ އެހީތެރިކަމަށް އެދޭ ކަމަށް ވަނީ ބުނެފަ އެވެ. 

ޔާންބެއަށް އެހީވުމަށް؛

  •  7770000138064 ރުފިޔާ އެކައުންޓް
  •  7730000569416 ޑޮލަރު އެކައުންޓް

ށ. ފުނަދޫ އަށް ނިސްބަތްވާ ޔާންބެ، ދެ ދުވަހެއްގެ ތެރޭގައި ފަރުވާއަށް ބޭރަށް ފުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.