އޮފީސްތައް ފަޅާލި މީހާގެ ބަންދަށް އިތުރު 30 ދުވަސް

އެ މީހާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އޮފީސްތައް ފަޅާލި މީހާ

މާލޭގައި ހުރި ތިން އިމާރާތަކަށް ވަދެ، އެތަންތަނަކަށް ގެއްލުންދީ އަދި ވައްކަން ކުރި މީހާގެ ބަންދަށް މުއްދަތު އިތުރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. މީދޫ ދަންވަރުގެ، އަޒްމީލް މުހައްމަދު، (40އ) އެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއާއެކު ވަނަވަރު އާންމުކޮށްފަ އެވެ.

އޭނާ ގެއްލުން ދީފައި ވަނީ އަމީރްއަހުމަދު މަގުގައި ހުރި ތިން އޮފީހަށެވެ. އެގޮތުން އިނާ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވެލްސް އަދި ގަތަރު ކާގޯ އޮފީހަށް ވަދެ ވަނީ ވައްކަން ކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މީހާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހާ ވައްކަން ކުރި އޮފީސްތަކުގެ ބައެއް ފޮޓޯތައް ސޯޝަން މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެގޮތުން އޮފީސްތެރޭގައި ހުރި ލިޔެކިޔުންތަކާއި އެކި ސާމާނު އެތަން މިތަނަށް އުކައި، ތަނަށް އޮތީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ.

މިފަދަ މައްސަލަތަކުގައި އާންމުކޮށް ހައްޔަރު ކުރަނީ ކުށުގެ ރެކޯޑު އޮންނަ، ކުށުގެ ވެށީގައި އުޅޭ މީހުންނެވެ. ވައްކަމުގެ މައްސަލަތަކުގައި އުޅެނީ އަބަދުވެސް އެއް ބައެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.