ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްގައި އަންހެނަކާއި ފިިރިހެނަކަށް އަނިޔާވި އެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލެ ހައިވޭ ކައިރީން ވިލާ ޕެޓްރޯލް ޝެޑް ކައިރީގަ އެވެ. އެކްސިޑެންޓްވީ ދެ ސައިކަލް ޖެހިގެންނެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްގައި އަންހެނަކާއި ފިިރިހެނަކަށް އަނިޔާވި އެވެ. އެ މީހުންނަށް ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މީގެ ދެ ރޭ ކުރީން ހުޅުމާލޭގައި ރޭސްކާރަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ. ރޭ ވެސް ހުޅުމާލޭގައި އެކްސިޑެންޓެެއް ހިނގި އެވެ.