ދައުރުވަމުންދަނީ ގަވާއިދާ އެއްގޮތަށް ނައްތާލަން ގެންދިޔަ އުޅަނދުތަކެެއްގެ ވީޑީއޯއެއް

ދައުރުވަމުންދާ ވީޑިއޯ އަކީ މިމަހުގެ ހަ ވަނަ ދުވަހު، ގަވާއިދުގެ ތެރެއިން ނައްތާލަން ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަަންޒަރު ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގަވާއިދާ އެއްގޮތަށް ނައްތާލަން ގެންދިޔަ އުޅަނދުތަކެއް ބާލަނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ. 

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މޭރީ ބްރައުން ކައިރީގައި ހުންނަ ޓޯޔާޑަށް ގެންގޮސްފައިވާ ސައުކަލުތަކެއް ލޮރީއަކުން ބާލާތަނެވެ. ސައިކަލުތައް ބޭލުމުގެ ނަމުގައި ފެންނަނީ އުކާލާ ތަނެވެ. މި ވީޑިއޯ އާއެކު ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދައުރުވަމުންދާ ވީޑިއޯ އަކީ މިމަހުގެ ހަ ވަނަ ދުވަހު، ގަވާއިދުގެ ތެރެއިން ނައްތާލަން ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަަންޒަރު ކަމަށެވެ.

އެގޮތުން ދެ ފުރޮޅުލީ 247 އުޅަނދާއި، ހަތަރު ފުރޮޅުގެ 29 އުޅަނދަކާއި 223 ބައިސްކަލާއި އެއް އެމްބިއުލާންސް އެ ދުވަހު ނައްތާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ޓޮ ކުރާ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށްބުނެ ގިނަ މީހުން ޝަކުވާ ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.