ވެމްކޯގެ އާމްދަނީ އިތުރުކުރަން އާ ހިދުމަތްތަކެއް

އެ ޑިޕާޓްމެންޓް ގާއިމް ކުރުމުގެ ބޭނުމަކީ ވެމްކޯއިން ކުރާ ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމެވެ. އެ ޑިޕާޓްމެންޓް އުފެއްދިފަހުން މަހަކު ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ޖަލީލް: ވެމްކޯގެ އާމްދަނީ އިތުރުކޮށް ސްޓާފުން ޔޫޓިލައިޒް ކުރުމަށް އާ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައި -- މި

ވެމްކޯއަށް ލިބޭ އާމްދަނީ އިތުރުކުމަށާއި މުވައްޒަފުންގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މުޅިން އާ ހިދުމަތްތަކެއް ތައާރަފްކޮށްގެން ހިންގަން ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވެގެން އައިއިރު ގިނަ ކުންފުނިތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ. އެހެންވެ، ކުންފުނިތައް ރިފޯމްކޮށް، އާމްދަނީ އިތުރު ކުރަން މަސައްކަތްތަކެއް ފަށާފައިވެ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ ސަރުކާރުން ހަވާލުވިއިރު އެ ކުންފުނީގައި ވަރަށް ބައިވަރު މުވައްޒަފުން ތިބި ކަމަށާއި، ފުރަތަމަ ދުވަސްކޮޅު މުސާރަ ދޭން ވެސް ވަރަށް ބޮޑަށް ދަތިވެގެން ދިޔަ ކަމަށެވެ. އެކަމުން އަރައިގަންނަން ތަފާތު އެކި ހިދުމަތްތައް މިހާރު ތައާރަފް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެން އަތުގަ އައިޑަލްކޮށް އެއްވެސް ސްޓާފެއް ނުހުންނާއޭ، ސްޓާފުން އަޅުގަނޑުމެން ފުލީ ޔޫޓިލައިޒް ކުރާނެއޭ. ރިސޯސް މިތާނގަ އެންމެ ބޮޑަށް، ކުންފުންޏެއް ވެއްޖިއްޔާ ރިސޯސް އައިޑަލްކޮށް ނުބާއްވާ ފުލީ ޔޫޓިލައިޒްކޮށްގެން އޭގެ ނަފާ މި އަންނަނީ،" މުޖުތަބާ ވިދާޅުވި އެވެ.

އެންމެ މުހިންމު ހިދުމަތަކަށް އޭނާ ފާހަގަކުރެއްވީ ޕްރޮޖެކްޓްތައް ހިންގުމަށް އަލަށް އުފެއްދި ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމެންޓް ގާއިމް ކުރުމުގެ ބޭނުމަކީ ވެމްކޯއިން ކުރާ ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމެވެ. އެ ޑިޕާޓްމެންޓް އުފެއްދިފަހުން މަހަކު ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އޭގެ އިތުރުން، "ހޮބާ" ގެ ނަމުގައި ސަރުކާރުގެ ކުންފުނިތައް ފޮޅާ ސާފުކުރުމުގެ ހިދުމަތް ވެސް އެކުންފުނިން މިހާރު ވަނީ ތައާރަފް ކޮށްފަ އެވެ. މުޖުތަބާ ވިދާޅުވީ މިވަގުތު ހަ ކުންފުނަޏަކަށް ހިދުމަތް ދެމުންދާއިރު، ކުރިއަށް އޮތް ދެ މަސް ތެރޭގައި އިތުރު 10 ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. އުންމީދަކީ އެ މަސައްކަތުން ލިބޭ އާމްދަނީ ހަތް މިލިއަނާ ހަމައަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ ރިސޯޓުތަކުން ސީދާ ވެމްކޯ އިން ކުނި ނަގާ ގޮތަށް ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރިސޯޓުތަކުން އުފައްދާ ކުނީގެ ވަރަށް ބޮޑު ޕަސެންޓެއް ތިލަފުއްޓާ ހިސާބަށް ނުވަތަ ރީޖަނަލް ފެސިލިޓީތަކާ ހިސާބަށް ނުދާ ކަމަށެވެ. އެހެންކަމުން ރިސޯޓުތަކުން ސީދާ ވެމްކޯ އިން ކުނި ނެގުމުގެ ހިދުމަތް ތައާރަފުކޮށް، ރ. އަތޮޅުގައި އެ ހިދުމަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދިވެސް ކުންފުނީގެ ރިސޯސް އެންމެ ބޮޑަށް ބޭނުންވާ ދާއިރާއަކީ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ދާއިރާއަށް ވާތީ އަޅުގަނޑުމެން އެކަޑެމީއެއް އުފައްދައިފިން. އެ އެކެޑަމީގަ ކުންފުނީގެ ތެރޭގަ އޮޕަރޭޝަންގަ ހިނގާ ކަންތައްތަކުގެ ރިސާޗް ހިންގައި ޕޭޕާތައް ލިޔެ، ޓެކްނިކަލީ އަޅުގަނޑުމެންގެ ސްޓާފުން ޓްރެއިން ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދޭ،" މުޖުތަބާ އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.