އިގުތިސާދުގައި ދައުރުކުރާ ނަގުދު ފައިސާއާއި ފައިސާ ނެގި މިންވަރު އިތުރުވެއްޖެ

ނަގުދު ފައިސާ ނެގުމަށް ހަދާފައިވާ ޓްރާންސެކްޝަންތަކުގެ %95 އަކީ އޭޓީއެމްތައް މެދުވެރިކޮށް ހަދާފައިވާ ޓްރާންސެކްޝަންތަކެވެ.

ދިވެހި ރުފިޔާގެ ނޯޓުތަކެއް

ފާއިތުވި އަހަރު އިގުތިސާދުގައި ދައުރުކުރި ނަގުދު ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ. 

އެމްއެމްއޭއިން އާންމުކޮށްފައިވާ ޕޭމެންޓް ބުލެޓިން 2023 ރިޕޯޓުގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރަށްވުރެ 2023 ވަނަ އަހަރު އިގުތިސާދުގައި ދައުރުކުރި ނަގުދު ފައިސާގެ އަދަދު 8.6 އިންސައްތައިން އިތުރުވެފައިވެ އެވެ. 

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު އިގުތިސާދުގައި ދައުރުކުރީ 3.7 ބިލިއަން ރުފިޔާ އެވެ. އެ އަދަދު 2023 ގައި 4.04 ބިލިއަނަށް އަރާފައިވެ އެވެ. މިއީ ފާއިތުވި ހަތަރު އަހަރު ފައިސާގެ އަދަދުތައް ހުރި ގޮތާ ހިލާފު ކަމެކެވެ. 

އޭގެ އިތުރަށް ފައިސާގެ ތެރެއިން ކުދި ފައިސާއަށް އޮތް ޑިމާންޑުވެސް 2023 ގައި ބޮޑުވި އެވެ. އަދި އިގުތިސާދުގައި ދއުރުކުރާ ލާރި ފޮތީގެ އަދަދު 79.8 މިލިއަންއިން 84.4 މިލިއަނަށް އިތުރުވެފައިވެ އެވެ. އެއީ 5.8 އިންސައްތައިގެ އިތުރުވުމެކެވެ. 

ނަގުދު ފައިސާ ނެގި މިންވަރުވެސް 2023 ގައި އިތުރުވެފައިވެ އެވެ. އެގޮތުން 9.2 މިލިއަން ޓްރާންސެކްޝަން ނަގުދު ފައިސާ ނެގުމަށް ހަދާފައިވެ އެވެ. އެ ޓްރާންސެކްޝަންތައް މެދުވެރިކޮށް 34.9 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ. 

ނަގުދު ފައިސާ ނެގުމަށް ހަދާފައިވާ ޓްރާންސެކްޝަންތަކުގެ %95 އަކީ އޭޓީއެމްތައް މެދުވެރިކޮށް ހަދާފައިވާ ޓްރާންސެކްޝަންތަކެވެ. 

ނަގުދު ފައިސާ ނެގުމަށް ހަދާފައިވާ ޓްރާންސެކްޝަންތަކުގެ އަދަދު 2022 އާ އަޅާބަލާއިރު މާ ބޮޑަށް އިތުރުނުވި ނަމަވެސް 2023 ގައި ޓްރާންސެކްޝަންތަކުގެ އަގުވަނީ 9 އިންސައްތައިން އިތުރުވެފަ އެވެ. އެހެންކަމުން ނަގުދު ފައިސާ ނެގުމުގެ މުއާމަލާތްތައް އިތުރުނުވި ނަމަވެސް ނެގި ނަގުދު ފައިސާގެ އަދަދުވަނީ އިތުރުވެފަ އެވެ. 

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި މި ތަފާސްހިސާބުން ފެންނަނީ ވިޔަފާރިތަކާއި ފަރުދުން މާލީ ބޮޑެތި މުއާމަލާތްތަކަށް ބޭންކިން ނިޒާމުގެ ތެރެއިން ނަގުދު ފައިސާ ބޭނުންނުކޮށް މުއާމަލާތްކުރެވެން ހުރި ގޮތްތަކުގެ ބަދަލުގައި ނަގުދު ފައިސާއިން މުއާމަލާތްކުރަން ބޭނުންވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.