އެޕާޓުމެންޓަކާއި ކާރުތަކެއް ބަލައި ފާސްކޮށް ކިލޯއަކަށްވުރެ ގިނަ ޑްރްގަސް އާއެކު ދެ މީހަކު ހައްޔަރަށް

މި މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ، ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން ހިންގި ޑްރަގް އަތުލައިގަތުމުގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލް ފޮޓޯ

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަަލއި ފާސްކުރި އެޕާޓުމަންޓަކާއި ކާރުތަކަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ދެ މީަކުވެސް ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިއްކައި ވިޔަފާރި ކުރި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ، ފުނަމާގެ، ހަސަން ޒަޔާން 24އ، އާއި ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު އަންވަރު،22އ، އެވެ.

މި މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ، ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ. 

ބަންދު އަމުރުގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެޕާޓުމެންޓެއް ބަލައި ފާސްކުރި އިރު، ހަސަން ޒަޔާނާއި އަސްރަހު ތިބި އެޕާޓުމަންޓުގެ ބަދިގެއާއި ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި މިތަނުގެ އިތުރުން މި މައްސަލަ އާއި ގުޅިގެން ބަލައިފާސްކުރި އިތުރު އެޕާޓުމަންޓަކާއި ދެ ކާރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.

އަމުރުގައި ވާ ގޮތުން ފެނުނު މި މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ކިލޯއަކަށްވުރެ ގިނަވާނެ އެވެ. އަދި މިއީ އިތުރު ބައެއްގެ ބައިވެރިވުންވެސް އޮތް މައްސަލައެއް ކަމަށް ބެލެވޭ ކަމަށް އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން މި ދެމީހުންގެ ތެރެއިން އަސްރަހުގެ ކުޑަކަމުދާތަކެތިވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު އޭނާ އަކީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.