ޓީޗަރަށް ބިރު ދެއްކި މީހާ ބުނީ އެއީ ޖަޒުބާތުވެގެން ކުރި ކަމެއް ކަމަށް

އޭނާ ވަނީ މިކަމަށް އެއްބަސްވެ، އޭނާ އަށް އެކަން ކުރެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި އެކަމާ ދެރަވާ ކަމަށް ބުނެ މައާފަށްވެސް އެދިފަ އެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

މާލޭގެ ސްކޫލަކަށް ވަދެ ޓީޗަރަކަށް ބިރުދެއްކި މީހަކު ހައްޔަރުކުރުމުން އޭނާ އެކަން ކުރީ ޖަޒުބާތުގައި ޖެހިގެންކަމަށް ބުނެފި އެވެ. 

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ކަނޑޫގެ، އަހުމަދު އަލީ 27އ، އެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސްދީފައެވެ.

ބަންދު އަމުރުގައިިވާގޮތުން އޭނާވަނީ ސްކޫލަކަށް ވަދެ، ދަރިވަރުންނަށް ކިޔަވައިދިނުމަށް ކުލާސްރޫމުގައި ހުރި ޓީޗަރަށް ބިރުދއްކާފައެވެ. އަދި އޭނާ މިކަން ކޮށްފައިވަނީ ދަރިވަރުން ކުރިމަތީގަ އެވެ.

އަމުރުގައިވާގޮތުން އޭނާ ވަނީ މިކަމަށް އެއްބަސްވެ، އޭނާ އަށް އެކަން ކުރެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި އެކަމާ ދެރަވާ ކަމަށް ބުނެ މައާފަށްވެސް އެދިފައެވެ. އެހެން ކަމުން މި މައްސަލައިގެ ތަހުގީގު އަވަސްކޮށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާ އަކީ ވަރަށް ގިނަ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ކުރިމިނިލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާނު ވަނީ ކަނޑައަޅުއްވާފަ އެވެ.

މީގެ ކުރިންވެސް ސުކޫލްތަކަށް ވަދެ މުވައްޒަފުންނާއި ޓީޗަރުންނަށް ބިރުދެއްކި މީހަކު ހައްޔަރުކޮށް ހުކުމްވެސް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.