ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް، އެކަކަށް ބޮޑެތި އަނިޔާތަކެއް

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިވަގުތު އޭނާއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހާދިސާއެއް ހިނގި ސަރަހައްދު ގައި ފުލުހުން ހަރަކާތްތެރިވަނީ --

ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި، އަނެއްކާ ވެސް އިތުރު އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓްވީ މިއަދު ހެނދުނު 6:50 ހާއިރު، ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިވަގުތު އޭނާއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު އެކްސިޑެންޓެއް ހިނގާފައިވާއިރު، އިއްޔެ ރޭ ވެސް ރޭސް ކާރަކާއި ސައިކަލެއް ޖެހިގެން ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. 

މި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް (23އ) ވަނީ މަރުވެފަ އެވެ. އެ މައްސަލައިގައި ކާރު ދުއްވަން އިން އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ހައްޔަރުކޮށް، އަދި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފަ އެވެ.

މި އެކްސިޑެންޓް ހިނގުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަގުމަތީގެ ކަންކަން ވަރުގަދަ ކުރަން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.