ރޭސިން ހުއްދަ ބާތިލުކޮށް ރައީސްގެ އެންގެވުން ވަގުތުން ތަންފީޒު ކޮށްފި

އެޗްޑީސީގެ އެމްޑީ ވިދާޅުވީ ރޭސިން އެސޯސިއޭޝަނަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް އެ ފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި ރައީސް މުއިއްޒު

ރޭސިން އަދި ޑްރިފްޓިންއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އެންގެވި އެންގެވުމުން އެޗްޑީސީން ވަގުތުން ތަންފީޒު ކޮށްފި އެވެ.

ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް ހުއްދަ ދީފައި އޮވެ އެވެ. އެއީ ކުރީ ސަރުކާރުން އޮކްޓޫބަރު 19، 2023 ގައި ދީފައިވާ ހުއްދަ އެކެވެ.

ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ރައީސް މިއަދު ވަނީ ވަކިވަކިން އެންގެވުންތަކެއް އަންގަވާފަ އެވެ.

އެގޮތުން އެއް ކަމަކަށް އެންގެވީ ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއް ބޭނުން ކުރުމަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުމަށެވެ.

މިފަދަ އެންގެވުމެއް ރައީސް މި އެންގެވީ ބާރު ސްޕީޑްގައި ދުއްވި ކޭސިން ކާރަކުން ޖެހި 23 އަހަރުގެ ޒުވާނަކު ރޭ މަރުވުމާއި ގުޅިގެންނެވެ. ކާރުން ޖެހި އެކްސިޑެންޓް ވުމާއެކު ވަގުތުން އެ ޒުވާނާ މަރުވި އެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މިރޭ ވިދާޅުވީ ރޭސިން އަދި ޑްރިފްޓް އެސޯސިއޭޝަނަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އޮކްޓޫބަރު 19، 2023 ގައި ދީފައިވާ ހުއްދަ ބާތިލުކޮށް އެ ފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ބާރު ސްޕީޑްގައި ރޭސް ކާރު ދުއްވުން އާންމުވެ މަގުތައް ވަނީ ބިރުވެރި ނުރައްކާތެރި ތަންތަނަށް ވެފަ އެވެ. ހާއްސަކޮށް ހަފްތާ ބަންދުގައި އެކަން ބޮޑެވެ.

ރައީސް މިރޭ ވަނީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން އަށް ފިޔަވަޅެއް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.