އުދަބާާނީ ދޭއް، ސެޕްޓެންބަރު 19 ގައި؛ ތަފާތު މޮޅު ފިލްމަކަށް ވާނެ

ހާމިދުއާ އަމްޖޭ ވެސް ބުނީ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް މި ފަހަރުގެ ބައި ފުރިހަަމަ ވާނެ ކަމަށެވެ. ޓީޒާ އިން ވެސް އެކަން ބުނެ އެވެ.

ހާމިދު އަލީގެ އުދަބާނީ ރިލީޒް ކުރާނީ މި މަހުގެ 19 ވަނަ ދުވަހު

ހާމިދު އަލީ ޕްރޮޑިއުސްކޮށް، ކުޅަދާނަ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓް ކޮށްފައިވާ "އުދަބާނީ -2" ސެޕްޓެންބަރު 19 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފަށާނެ އެވެ.

ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޓީޒާ މިހާރު ވަނީ ދައްކާލާފަ އެވެ. މިއީ 2009 ވަނަ އަހަރު ރިލީޒު ކުރި "އުދަބާނީ" ގެ ދެވަނަ ބައެވެ. ފިލްމުގެ ތިންވަނަ ބައެއް ވެސް އުފައްދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.

ހާމިދުއާ އަމްޖޭ ވެސް ބުނީ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް މި ފަހަރުގެ ބައި ފުރިހަަމަ ވާނެ ކަމަށެވެ. ޓީޒާ އިން ވެސް އެކަން ބުނެ އެވެ.

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ މި ވާހަކަ އަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ވެގެން ދިޔަ ވާހަކަ އެވެ. ފިލްމުގެ ފުރަތަމަ ބައިގައި މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އަދި ހާމިދު އަލީ އެވެ.

ފިލްމުގެ މައިގަނޑު ތިން ކެރެކްޓާ އަކީ ލަތާފާ އާއި ލާމިއު އަދި އާދަންފުޅެވެ. މި ބައިގައި ލާމިއުގެ ބައި އަދާކޮށްދީފައި ވަނީ ކުޅަދާނަ އެކްޓަރު އަހްމަދު އީސަ (އާނަންދު) އެެވެ. ލަތާފާގެ ބައި އައިމިނަތު ޝުހާ އެވެ. އަދި އާދަންފުޅުގެ ބައި ހާމިދު އަލީ އެވެ. މީގެ އިތުރުން ނަތާސާ، އަލީ އާޒިމް (ދޮން އައްޔަ) އަލީ ޝަމީލް، މަރިޔަމް ޝަކީލާ، ވަހީދު، ސަހާ، މަރިޔަމް ހަލީމް، އަލީ ފާރޫގު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. މާކުރަތުގަ އެވެ.

މި ފިލްމުގެ ފުރަތަމަ ދެ ޝޯގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފަ އެވެ. އުދަބާނީ އެކަކީ މިހާތަނަށް އުފެއްދި އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. އޮލިމްޕަހު ގައި ހުރިހާ ޝޯއެއް ދެއްކީ ހައުސްފުލް ކޮށެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ދެއްކި އެއް ފިލްމަކީ ވެސް އުދަބާނީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.