ސަމާހު ނިޔާވި އެކްސިޑެންޓް: ވިސާމު އަތުގައި ލައިސަންސް ވެސް ނެތް

ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ވިސާމް އަތުގައި އެއްގައު އުޅަނދެއް ދުއްވުމުގެ ލައިސަންސް އެއް ވެސް ނެތެވެ.

އެކްސިޑެންޓް ގައި ނިޔާވި ސަމާހް (ކ) އަދި އެކްސިޑެންޓްވި ކާރު ދުއްވަން އިން ވިސާމް (ވ)

ހުޅުމާލޭގައި ޒުވާނަކު މަރުވި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ކާރު ދުއްވި މީހާގެ އަތުގައި ވެހިކަލް ދުއްވުމުގެ އެއްވެސް ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. 

ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް (23އ) ނިޔާވި އެކްސިޑެންޓް ހިނގީ ރޭ މެންދަމު 2:48 ހާއިރު އެވެ. ސަމާހު މާލެ އައިސް އުޅުނީ ދުވުމެއްގައި ބައިވެރިވާން ކަމަށް ވެ އެވެ. އެއީ މާފުށީ ޖަލު ބަހައްޓާ ކަރެކްޝަންގެ އޮފިސަރެކެވެ.

ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ސަމާހު، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.


އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވަނީ އޭނާގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގެވެ. 

ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ވިސާމް އަތުގައި އެއްގައު އުޅަނދެއް ދުއްވުމުގެ ލައިސަންސް އެއް ވެސް ނެތެވެ.

ސަމާހުގެ ޖަނާޒާ މިރޭ މަޣުރިބު ނަމާދަށް ފަހު ވަނީ ބާއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.