ފަވަރަ މައްސަލަ ޖެހި މުއާމަލާތްތައް ޕްރޮސެސްނުވާތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން

ފަވަރައިގެ ތެރެއިން ކުރިއަށްގެންދާ ޓްރާންސެކްޝަންތައް ޕްރޮސެސްނުވުމުގެ މައްސަލައެއް ކުރިމަތިވެފައިވީ ނަމަވެސް އެމްއައިބީއާއި ބީއެމްއެލްއިން އެ މައްސަލަ ކުރިމަތިވި ސަބަބެއް މިހާތަނަށް ހާމަނުކުރެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

ރާއްޖޭގެ ބޭންކުތަކުގެ މެދުގައި އޮންލައިންކޮށް މުއާމަލާތްކުރުމަށް ބޭނުންކުރާ ފަވަރަ ސިސްޓަމަށް ކުރިމަތިވި މައްސަލައެއްގެ ސަބަބުން ފާއިތުވި ބުދަދުވަހުން ފެށިގެން ގިނަ މުއާމަލާތްތަކެއް ޕްރޮސެސްނުވާތީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

"މިރާ"އަށް މައުލޫމާތު ދެއްވި ވިޔަފާރިވެއެއް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ހަފުތާގެ މެދުކާ ހިސާބުން ފަވަރައިން އިސްލާމިކް ބޭންކުން ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ފޮނުވުމުގައި މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަވި ކަމަށެވެ. ނަމަވެސް ރަސްމީކޮށް ދެ ބޭންކުން ކުރެ އެއްވެސް ބޭންކަކުން މައްސަލައެއް އުޅޭކަން އަންގާފައިނުވާކަމަށެވެ. 

އިތުރު ވިޔަފާރިވެރިޔަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަވަރަ މެދުވެރިކޮށް އެމްއައިބީން ބީއެމްއެލްއަށް ފައިސާ ފޮނުވުމަށް ހެދި ދެ މުއާމަލާތެއް ނުހިނގައި އޮތުމުން ބޭންކަށް ގުޅައިގެން އެކަން އޮޅުންފިލުވަން މަސައްކަތްކުރި ނަމަވެސް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. 

ފަވަރައިގެ ތެރެއިން  ކުރިއަށްގެންދާ ޓްރާންސެކްޝަންތައް ޕްރޮސެސްނުވުމުގެ މައްސަލައެއް ކުރިމަތިވެފައިވީ ނަމަވެސް އެމްއައިބީއާއި ބީއެމްއެލްއިން އެ މައްސަލަ ކުރިމަތިވި ސަބަބެއް މިހާތަނަށް ހާމަނުކުރެ އެވެ. އަދި ބޭންކިން ނިޒާމުގެ ބަލަދުވެރި ފަރާތްކަމަށްވާ މަރުކަޒީ ބޭންކު އެމްއެމްއޭއިންވެސް އެކަމުގައި އެއްވެސް ބަހެއް މިހާތަނަށް ނުބުނެ އެވެ. 

ފަވަރަ ތައާރަފުކުރީ ފާއިތުވި އަހަރު އެވެ. އެއް އަހަރު ތެރޭގައި ފަވަރަ މެދުވެރިކޮށް 15 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އަދި އެއް އަހަރު ތެރޭ 16 ބިލިއަން ރުފިޔާގެ އަގުހުރި ހަތް މިލިއަން މުއާމަލާތް ހިންގުމަށް ރިކުއެސްޓު ލިބިފައިވާކަމަށްވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. 

ފަވަރަ ފަވަރަ އަކީ ނަގުދު ފައިސާ ގެންގުޅުން މަދުކޮށް ނަގުދު ފައިސާ ނެތް ޑިޖިޓަލް ކަރަންސީގެ އިގްތިސޯދަކަށް ރާއްޖެ ހެދުމުގެ ގޮތުން އެމްއެމްއޭއިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް ފެށީ މިދިޔަ އަހަރު އެވެ. މި ބަދަލާއެކު ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ހިދުމަތް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.