ތާރީހީ ހުކުރެއް؛ 12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން

މިއީ މި ސަރުކާރުން ފެށި ޒުވާން ހަތީބުން ތަމްރީން ޕްރަގްރާމުން ސަނަދު ހޯދި ދަރިވަރުން ކަން ވެސް މިނިސްޓަރު ފާހަގަ ކުރެވި އެވެ.

އިމާމުގެ ހުކުރު ކުރި ބައެއް ޒުވާން ހަތީބުން

ބާރަ މިސްކިތެއް ގައި ޒުވާން ހަތީބުން އިމާމުވެ މިއަދު ހުކުރު ކޮށްފި އެވެ. 

މިއީ ރާއްޖޭގައި އެއް ދުވަހެެއް ގައި މިހާ ގިނަ ޒުވާން ހަތީބުން ގިނަ މިސްކިތްތަކެއް ގައި އިމާމުންގެ ގޮތުގައި ހުކުރު ކުރި ދުވަހެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ ފަހުގެ ތާރީހެއް ގައި މާލެ ސަރަހައްދު ގައި ޒުވާން ހަތީބުން އިމާމުވެ ހުކުރު ކުރި ދުވަހެވެ.

އިމާމުގެ ހުކުރު ކުރި ބައެއް ޒުވާން ހަތީބުން

މިއީ މި ސަރުކާރުން ފެށި ޒުވާން ހަތީބުން ތަމްރީން ޕްރަގްރާމުން ސަނަދު ހޯދި ދަރިވަރުން ކަން ވެސް މިނިސްޓަރު ފާހަގަ ކުރެވި އެވެ.

މިއަދު އިމާމުވެ ހުކުރުކުރި ޒުވާން ހަތީބުންނަކީ؛

  •  އިބްރާހިމް ޒާކިރު ޒަލީފް - މަސްޖިދު މުހައްމަދު
  •  ހަނީޒް ހަނީފް - މަސްޖިދު އުސްމާން
  •  މުހައްމަދު ހަނޫން ހުސައިން - މަސްޖިދު އަމީލް ޖަލީލް
  •  ޔޫސުފް އަހްމަދު މުނައްވަރު - މަސްޖިދުލް ސަލާމް
  •  އުވައިސް ބިން އިނާޒް - މަސްޖިދު ހަސަން އާދަމް
  •  މުހައްމަދު ޔަޝާއު މުސްތަފާ - މަސްޖިދުލް އަސްދިގާ
  •  އަހްމަދު އަލްސަމް - މަސްޖިދުލްސުލްތާން ހަސަން އިއްޒުއްދީން
  •  ހަސަން މާޒް އަލީ - މަސްޖިދު އިސްކަންދަރު
  •  ފާހިދު އަބްދުލް މުހުސިން - މަސްޖިދު ޖަލާލުއްދީން
  •  މޫސާ މާއިޝް މާޖިދު - މަސްޖިދުލްސުލްތާން މުހައްމަދު ބިން އަބްދުﷲ
  •  އަބާން އިބްރާހިމް - މަސްޖިދު ނޫރު
  •  މުހައްމަދު މިޝްއަލް އާޒިމް - މަސްޖިދުލް ފުރުގާން

ޒުވާން ހަތީބުން ޕްރަގްރާމުން މިހާތަނަށް 309 ދަރިވަރަކަށް ވަނީ ސަނަދު ހަވާލު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.