އެކި ފަރާތްތައް މާތްކުރަންވާނީ ހުއްދަކުރައްވާފައިވާ މިންވަރަށް: ހުތުބާ

މުސްލިމުން ހުރިހާ ކަމެއްގައި އަމަލުކުރަންވާ ގޮތް އިސްލާމްދީނުގައި ތަފުސީލުކޮށް ބަޔާންވެފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މުސްލިމުން އެކި ފަރާތްތައް މާތްކުރަންވާނީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ހުދޫދުގެ ތެރޭގައި ކަމަށެވެ

އިސްލާމީ މަރުކަޒުގައި ހުކުރުކުރަނީ

މުސްލިމުން އެކި ފަރާތްތައް މާތްކުރަންވާނީ އިސްލާމްދީނުގައި އެކަން ހުއްދަކުރައްވާފައިވާ މިންވަރަށް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. 

ޝިރުކުގެ ނުބައިކަމާ ގުޅޭ ގޮތުން މިއަދު އިއްވި ހުކުރު ހުތުބާގައި ފާހަގަކުރި ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގައި ހޭދަކުރެއްވި 13 އަހަރު ހޭދަކުރެއްވީ މާތްﷲ އެއްކައުވަންތަކުރުމާއި، އެކަލާނގެ ރުބޫބިއްޔަތާއި އުލޫހިއްޔަތަށް އީމާންވުމަށް ގޮވައިލެއްވުމުގަ އެވެ. އަދި އެކަމުން އަގީދާގެ މާތްކަމާއި އެ އަގީދާ ހަރުދަނާވާންޖެހޭކަން އެނގޭކަމަށް ހުތުބާގައި ބަޔާންކުރި އެވެ. 

އަދި މުސްލިމުން ހުރިހާ ކަމެއްގައި އަމަލުކުރަންވާ ގޮތް އިސްލާމްދީނުގައި ވަރަށް ތަފުސީލުކޮށް ބަޔާންވެފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މުސްލިމުން އެކި ފަރާތްތައް މާތްކުރަންވާނީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ހުދޫދުގެ ތެރޭގައި ކަމަށެވެ. 

ކީރިތި ގުރުއާނާއި ސަލާމާއި ސަލަވާތް ލެއްވި މާތް ނަބިއްޔާގެ ސުންނަތުގައި ބަޔާންވެފައިވާ މިންވަރަށްވުރެ ބޮޑަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކަށް ވާސިލުވެދާނެ ކަމެއްކަން ހުތުބާފައި ފާހަގަކޮށްފައިވެ އެވެ. އަދި ހެޔޮ އަމަލުތައް ކުރުމުގެ ނަމުގައި އެފަދަ ވިޔާނުދާ ކަންކަން ނުކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފައިވެ އެވެ. 

ހުތުބާގައި ބަޔާންކޮށްދިން ގޮތުގައި ޝިރުކުކުރުމަކީ ހަމައެކަނި ބުދަށް އަޅުކަން ކުރުމެއް ނޫނެވެ. ހުތުބާގައި ބުނެފައިވަނީ ބައެއްފަހަރު ނޭނގި ޝިރުކުގެ އަމަލުތަކަށް އަރައިގަނެވޭ ކަމަަށެވެ. އެގޮތުން އެހެން ދީންތަކުގައި އިލްމުވެރިންނާއި ފާދިރީންނަށް ދޭންނުވާ މިންވަރުގެ ދަރަޖި ދީގެން އުޅުމަކީ ޝިރުކުގެ އަމަލެއްކަން ހަދީސްބަސްފުޅުގެ އަލީގައި ހުތުބާގައި ބަޔާންކުރި އެވެ. އަދި އެފަދަ ކަންކަމާމެދު ސަމާލުވުމަށް އިލްތިމާސްކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.