އެއީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގެވެ.
ހުޅުމާލޭގައި ޒުވާނަކު މަރުވި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
އެކްސިޑެންޓް ހިނގީ ރޭ 2:48 ހާއިރު އެވެ.
ފުލުުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
ނިޔާވީ ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް (23އ) އެވެ. ސަމާހު މާލެ އައިސް އުޅުނީ ދުވުމެއްގައި ބައިވެރިވާން ކަމަށް ވެ އެވެ.
އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިހާރު ވަނީ އޭނާގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގެވެ.