ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ފަސޭހައިން ބެލޭނެ އެޕްލިކޭޝަނެއް ތައާރަފުކުރަނީ

ޝަމްއާން ވިދާޅުވީ އިމިގުރޭޝަނުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން އިމުގުރޭޝަން ވޮޗުގެ ނަމުގައި ހާއްސަ ޕޯޓަލެއް ތައާރަފުކުރެވިފައިވާ ކަމަށެވެ.

އިމިގުރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގުރޭޝަން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އިމިގުރޭޝަން އޮފިސަރުންނަށް ފަސޭހައިން ބަލައިލެވޭނެ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. 

އިމިގުރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެފަދަ މީހުން ރާއްޖެއިން ފޮނުވައިލުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން މިހާރުވެސް އަތުލައިގަނެ އަނބުރާ ފޮނުވާލާފައިވެ އެވެ. 

އިމިގުރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގުރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މިހާރު ބިދޭސީންނާ ގުޅޭ މައުލޫމާތުތައް އިމިގުރޭޝަން އޮފިސަރުން ޗެކުކޮށް ބަލަމުންދަނީ މެނުއަލްކޮށް ކަމުގަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އިމިގުރޭޝަނުގެ މަސައްކަތްތައް މިހާތަނަށް ކުރަމުން އައީ މެނުއަލްކޮށް ކަމުގައި ކަމަށްވާތީ ގިނަ ދަތިތަކެއް މަސައްކަތް ކުރުމުގައި ކުރިމަތިވެ އެވެ. އެ ދަތިތައް ހައްލުކުރުމުގެ ގޮތުން އިމިގުރޭޝަނުގެ މަސައްކަަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް ޝަމްއާން ދާޅުވި އެވެ. 

ޝަމްއާން ވިދާޅުވީ އިމިގުރޭޝަނުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް އިމުގުރޭޝަނުގެ ސަމާލުކަމަށް ގެނައުމަށް އިމުގުރޭޝަން ވޮޗުގެ ނަމުގައި ހާއްސަ ޕޯޓަލެއް ތައާރަފުކުރެވިފައިވެ އެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް އިމިގުރޭޝަން ވޮޗުގެ ނަމުގައި ޕޯޓަލެއް ތައާރަފުކުރީ ފާއިތުވި ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތައް ބެލުމަށް އިމިގުރޭޝަނުން ވަނީ ހާއްސަ ޓީމެއް އެކުލަވައިލާފަ އެވެ. 

މީގެ އިތުރަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކޮށް އެމީހުންގެ މައުލޫމާތު އެއް ތަނަކުން ފެންނާނެ ޑާޓާބޭސްއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ސަރުކާރުގެ އަމާޒަކީ މިހުރިހާ މަސަައްކަތްތަކުގެ ތެރެއިން މިހާރު ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ތެރޭ އެކަށީގެންވާ ވަށާޖެހޭ ހައްލެއް ހޯދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.